މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ ފެރީ ނިޒާމުގެ ތެރެއިން ކ. އަތޮޅު ދިއްފުށި ރޫޓުގެ ރަށްތަކުގައި ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުން

                                                    ނަންބަރ: MTCC-PD/IU/2018/0111                                                                               

 

އިޢުލާން

 

އެމް.ޓީ.ސީ.ސީގެ ފެރީ ނިޒާމުގެ ތެރެއިން ކ. އަތޮޅު ދިއްފުށި ރޫޓުގެ ރަށްތަކުގައި ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުން:

           އެމް.ޓީ.ސީ.ސީގެ ފެރީ ނިޒާމުގެ ތެރެއިން ކ. އަތޮޅު ދިއްފުށި ރޫޓުގެ ރަށްތަކުގައި ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން (MTCC-PD/IU/2018/0092) ނަންބަރއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާތިލުކޮށް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.         

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮގަސްޓް 9 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮގަސްޓް 16 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 

                   

24 ޛުލްޤައިދާ 1439 

   06  އޮގަސްޓް 2018   

 

06 އޮގަސްޓް 2018
ހޯދާ