މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ވޯޓުލެވޭނެ ފަރާތްތައް ބަޔާންކުރުމާއި އިންތިޚާބުގައި ވޯޓްލާން ކަނޑައެޅިފައިވާ ވަގުތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ވޯޓުލެވޭނެ ފަރާތްތައް ބަޔާންކުރުމާއި އިންތިޚާބުގައި ވޯޓްލާން ކަނޑައެޅިފައިވާ ވަގުތު އިތުރުކުރުމާއި ގުޅޭ އިއުލާން.

މި މިނިސްޓްރީގެ ނަންބަރު:  IUL)459-DR/459/2018/14) އިޢުލާންއާ ޙަވާލާދީ ދަންނަވަމެވެ.

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން (ނަފްސާނީ ބަލިތަކާއި ބެހޭ ޞިއްޙީ ޚިދުމަތްތެރިން) އިންތިޚާބުކުރާ މެންބަރަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްފަރާތް އުނިކުރެވިފައިވާތީ، މިހާރު ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރެވިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

ކެނޑިޑޭޓް ނަމްބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

1

ޝެހެނާޒް އިސްމާޢީލް

މ.ފޮނިހެލެބެލިގެ

ކ.މާލެ

2

މުޙައްމަދު މުޞްޠަފާ ފާރޫޤު

މއ. ނޫރަނުގެ

ކ.މާލެ

3

ޢަބްދުﷲ ފަޞީޙް

ތްރީފްލާވަރ

ސ.މީދޫ

5

ސަމްހާ ނަޞީރު

ގޮމަށިމާގެ

މ.މުލައް

 

                އަދި ދަންނަވަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނަ ވަގުތު ވަނީ މިހާރު އިތުރުކުރެވިފައިއެވެ. މިއިންތިޚާބުގައި ވޯޓުލުން މިހާރު އޮންނާނީ 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 09:30 ން 12:30 ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައެވެ.

 

ވޯޓުލުމާއި ވޯޓު ގުނުން އޮބްޒާވްކުރުގެ ފުރުޞަތު:

ވޯޓްލާތަނުގައާއި ވޯޓުގުނާތަނުގައި ކެނޑިޑޭޓަށް ނުވަތަ ކެނޑިޑޭޓް ކަނޑައަޅާ ފަރާތަކަށް އަދި މީޑިއާތަކަށް އޮބްޒާވްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އޮބްޒާވަރަކު ބެހެއްޓުމަށް ބޭނުންވެލައްވާ ކެނޑިޑޭޓަކު ނުވަތަ މީޑިއާއިން ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަހުގެ 7 ދުވަސްކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ލިއުމުން އަންގަންވާނެއެވެ.

ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތައް:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނަންވާނެއެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2018
ހޯދާ