ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

 

އިޢުލާނު

 

ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަމްބަރު:

J-280076

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

ޑިވިޝަން/ ސެކްޝަން

އޯ.ޕީ.ޑީ

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ސަޕޯޓް ކޯ އެލަވަންސް

މަހަކު -/1200 ރުފިޔާ

 

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

 

 

 

 

މަޤާމުގެ މަސްއޫލއްޔަތުތަކާއި ވާޖިބުތައް:

  1. އެމްބިއުލާންސްގެ ހިދުމަތަށް އެދޭ ބަލިމީހުންނަށް  ހޮސްޕިޓަލުން އަންގާ ގޮތެއްގެ މަތިން އެހިދުމަތް ފޯރުކޮށްދިނުން.
  2. ދުވާލަކު އެއްފަހަރު ވެހިކަލްތައް ދޮވެ ސާފުކުރުން.
  3. ވެހިކަލްގައި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންއަޅަންޖެހޭ 

ފިޔަވަޅުތައް އެޅުން.

  1. ހޮސްޕިޓަލްގެ ވެހިކަލްތަކުގައި ކުރެވޭ ދަތުރުތަކުގެ ރެކޯރޑް ބެލެހެއްޓުން.
  2. އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ސަމާލުވެ

ރައްކާތެރިވުން.

  1. ވެހިކަލްގައި ދަތުރުކުރާ ބަލިމީހުނަށް އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު އެހީތެރިވުން.
  2. ވެހިކަލްގައި ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަމާއި ގުޅުންހުރި ފަރާތްތަކަށް އަންގައި

 އެކަން  ރަނގަޅު ކުރުމަށް މަސައްކަތްކުރުން.

  1. އެމްބިއުލާންސް އަކީ އެކިކަހަލަ ބަލިމީހުން އުފުލާ އުޅަނދެއްކަމުން  އަބަދުވެސް ސާފުތާހިރުކޮށް  ބޭއްވުން.
  2. ހޮސްޕިޓަލުން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިވެ

ދިނުން.

  1. މަސައްކަތަށާއި ވެރިންނަށް އިހްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް  އަދާކުރުން.
  2. ހޮސްޕިޓަލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  3.  މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން ( އޮފީސް މަސައްކަތް ).

 

މަޤާމުގެ ޝަރުޠުތައް

  1. މަގާމަށް  ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާސިލްކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުން އަދި  ދ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް  ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4.  ސިވިލް ސައިވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތު ތަޖުރިބާގެ ލިޔުންތައް:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ކެޗް ފޯމް.

9.  މަޤާމަށް ބޭނުންވާ ލައިސަންސްގެ މުއްދަތު ހަމަނުވާ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]) ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 16 އޮގަސްޓް 2018 ން 28 އޮގަސްޓް 2018 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760087  އެވެ.

 

                  އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.                    

                    06  އޯގަސްޓް  2018  

06 އޮގަސްޓް 2018
ހޯދާ