ދިވެހިރާއްޖެ
އިޢުލާން
ހަރަކާތް |
ތަން |
ތާރީޙް |
ގަޑި |
މައުލޫމާތު ސާފުކުރުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
09 އޯގަސްޓް 2018 |
13:00 |
އެސްޓިމޭޓް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
15 އޮގަސްޓް 2018 |
13:00 |
މަސްޖިދު ޝަހީދު ޢަލީ، މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ އަދި ވިލިމާލެ މަސްޖިދުއް ސަލާމްގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރި ނަމްބަރު (IUL) 142-A1/142/2018/35 އިޢުލާނާއި ގުޅިގެން މަސްޖިދު ޝަހީދު ޢަލީގެ މަރާމާތުކުރުމަށް ހުށަހަޅައިފައިވާ އަގުތަކަކީ މަސައްކަތަށް އެކަށީގެންވާ އަގުތަކެއް ކަމުގައި ނުވާތީ އަލުން މަސްޖިދު ޝަހީދު ޢަލީގެ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ނަންބަރު ފޯނަށެވެ.