މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސިކިއުރިޓީ ބެލެހެއްޓުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

1- ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާ އަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2- މުއްދަތު :1 އަހަރު ދުވަސް

3- ޝަރުޠު : (ހ) ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

   (ށ) ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

   (ނ) އެފަދަކަމެއް ކުރުމަށް ޞިއްޙީ ގޮތުން ޤާބިލްކަން ހުރި މީހެއް ކަމުގައިވުން.

4-   ޑިއުޓީގައި ހުންނަން ޖެހޭނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާއި ހަމައަށެވެ.

5-   ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ. ބަޖެޓަށް އަންނަ ބަދަލަކާއި ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޯގަސްޓް 13 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 އޮގަސްޓް 2018
ހޯދާ