މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފަސޭހަ މަދަދު ފައިނޭންސިންގ ސްކީމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާނު

ކުދި ވިޔަފާރީގެ ދައުރު އިތުރުކޮށް ތަރައްޤީކުރުމާއި ޒުވާންވިޔަފާރިވެރިން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާޙްކުރައްވާ އިސްލާމިކް ފައިނޭންސިންގ ސްކީމްގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ހިންގާ މި ސްކީމުގައި މި މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް (ބީއެމްއެލް އިސްލާމިކް) މެދުވެރިކޮށް ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 74,016,000 (ހަތްދިހަ ހަތަރު މިލިއަން ސޯޅަ ހާސް) ރުފިޔާ އެވެ.

"ފަސޭހަ މަދަދު" ފައިނޭންސިންގ ސްކީމުގެ ދެވަނަ ފިޔަވަހި ހިންގުމަށް ހަމަޖެހިފައިވަނީ އަންނަނިވި އުސޫލުތަކުގެ މަތީންނެވެ.

  1. 1.       ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ ދާއިރާތައް

1.1    މި ސްކީމްގެ ދަށުން ކޮންމެ ވިޔަފާރިއަކަށް ވެސް ހުށަހެޅޭނީ ކޮންމެވެސް އެއް ދާއިރާއަކަށް އެއް އެޕްލިކޭޝަނެވެ. މި ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ އިގްތިޞާދީ ދާއިރާތަކަކީ:

-          ގަރާޖް (މެކޭނިކަލް ވޯރކްޝޮޕް)

-          ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

-          ގަރާޖު ހިންގުމަށް ބޭނުންވާ އިކުއިޕްމަންޓް އަދި އާލާތް ގަތުމަށް

-          ވެލިއު އެޑިޝަން (ސްޕެއަރ ޕާރޓްސް ގަނެ ވިއްކުން)

-          އިންޖީން މަރާމާތްކޮށް ބެލެހެއްޓުން (ކަނޑުދަތުރުފަތުރު ކުރުން)

-           ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

-          ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އިންޖީނު މަރާމާތްކުރުމަށް ބޭނުންވާ އާލާތްތައް ގަތުމަށް

-          އަދި އުޅަނދު ފަހަރު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ގަތުމަށް

 

-          ގައު އެޅުން (ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން)

-          ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

-          ކޮންކްރީޓް ބްލޮކް އުފެއްދުމަށް ބޭނުންވާ  މެޝިނަރީ އާއިއާލާތްތައް ގަތުމަށް

-          ގައު އެޅުމުގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ އެއްގަމު ނުވަތަ ކަނޑު އުޅަނދު ގަތުމަށް

 

 

-          ވަޑާންކުރުން

-          ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

-          ވަޑާމުގެ މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް.

-          ލަކުނޑި އަދި އެލްމެނިއަމް މަސައްކަތްކުރުމަށް ބޭނުންވާ އާލާތް ގަތުމަށް

 

- ވޯޓަރ ސްޕޯރޓްސް

-          ވިޔަފާރި ހިންގުމަށް ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ/މުދާ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

ޑައިވް ސެންޓަރ

-          ޑައިވް ސެންޓަރ ހިންގުމަށް ބޭނުންވާ ތަކެއްޗާއި އާލާތް ގަތުމަށް އަދި އިންފްރާސްޓްރަކްޗަރ/މުދާ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް

 

 

  1. 2.      ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތައް

2.1    މި ސްކީމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއް ގޮތުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރާ ގޮތަށެވެ.  

2.2    ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ނަމަ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން، މި ސްކީމަށް ހޮވުމުން ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި އެސްއެމްއީ އެއް ގޮތަށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

2.3    މި ސްކީމުގައި ބައިވެރިވާ ފަރާތްތަކުން ސްކީމަށް ހޮވުމުން ވިޔަފާރީގެ ނަމުގައި ވަދީޢާ ބިޒްނަސް އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް އިސްލާމިކް) ގައި ހުޅުވަން ވާނެއެވެ. އެކައުންޓް ހުޅުވުމަށް ބޭންކުގެ ބްރާންޗުތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

2.4    މި ސްކީމުގެ ދަށުން އެކި ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދުތައް ތިރީގައި އެވަނީއެވެ.

ވިޔަފާރީގެ ގިންތި

ފައިސާ ދޫކުރެވޭނެ އެންމެ މަތީ އަދަދު

ގަރާޖް (މެކޭނިކަލް ވޯރކްޝޮޕް)

 

1,500,000 ރ

އިންޖީން މަރާމާތްކޮށް ބެލެހެއްޓުން (ކަނޑުދަތުރުފަތުރު ކުރުން)

 

1,500,000 ރ

ގައު އެޅުން (ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން)

 

1,000,000 ރ

ވަޑާންކުރުން

 

1,500,000 ރ

ޑައިވް ސެންޓަރ

 

1,500,000 ރ

ވޯޓަރ ސްޕޯރޓސް

1,500,000 ރ

  

2.5    އިކުއިޓީ/ ކެޕިޓަލް ކޮންޓްރިބިއުޝަން:

 

-          ފައިނޭންސް ކުރުމަށް ޑިމިނިޝިންގ މުޝާރަކާ ބޭނުންކުރާނަމަ ނޮމިނަލް ކެޕިޓަލް ކޮންޓްރިބިއުޝަންއެއް، ކަސްޓަމަރު ލުން ލާޒިމެވެ. މި ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ލެވޭނީ ފައިސާއިންނަމަ 500 (ފަސްސަތޭކަ) ރުފިޔާ އާއި 1000 (އެއްހާސް) ރުފިޔާ އާ ދެމެދުގެ ޢަދަދެއް ނުވަތަ އިސްވެ ބަޔާންކުރެވުނު ފައިސާގެ އަގު ނުވަތަ އެއަށް ވުރެ މަތިން އަގުކުރެވޭ، ބޭންކުން ބަލައިގަންނަ މުދަލެވެ. ކަސްޓަމަރު ލާ ކެޕިޓަލް ކޮންޓްރިބިއުޝަން އަދި/ނުވަތަ ކޮންޓްރިބިއުޝަންގެ ބައެއްގެ ގޮތުގައި، އެޕްލައި ކުރާ ތާރީޚާ ހަމައަށް ކަސްޓަމަރު ކޮށްފައިވާ ޑިޕޮސިޓް ނުވަތަ އިންވެސްޓްމަންޓު ބަލައިގަނެވިދާނެއެވެ.      

2.6     ފައިދާ:

-          ފައިދާގެ އަދަދު ކަނޑައަޅާނީ ދަރަނި/ކުލި/ހިއްސާގެނެ ޚަލާސްކުރުމަށް ހުށަހަޅާ މުއްދަތާއި ތާވަލަށް ރިއާޔަތްކޮށް، އަހަރަކަށް 7% ގެ ރޭޓުގައި އިސްލާމިކް ބޭންކިންގ ގައި ބޭނުންކުރެވޭ އުސޫލުތަކުގެ މަތިންނެވެ.

 

2.7    މުއްދަތު:

ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް ކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު، 9 އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑް އެއް  ދެވިދާނެއެވެ. ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް ކުރަން ދަތިވާ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، ކްރެޑިޓް އިވެލުއޭޝަން އަށްފަހު، ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް ކުރަން އެއްބަސްވާ ތާވަލަށް ބަދަލު ގެންނަން ނުވަތަ މުއްދަތު އިތުރުކުރަން އެދެވިދާނެއެވެ. މިފަދަ ލުޔެއް ދިނުމަކީ ބޭންކުގެ އިޚްތިޔާރުގައިވާ ކަމެކެވެ.

ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް ކުރާ ފަރާތެއްގެ އުމުރުން 65 އަހަރު ވާދުވަހަށް ވުރެ ފަހު ދުވަހަކަށް ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް  ކުރާ މުއްދަތު އިތުރުކުރެވޭނީ، ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް  ކުރަން ޒިންމާވާ އެހެނިހެން ފަރާތްތަކުގެ އާމްދަނީއިން ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް  ކުރެވޭނަމައެވެ.

2.8    ސެކިއުރިޓީ:

ރަހުނުކުރުން:

ދަރަނި/ކުލި/ހިއްސާގެނެ ޚަލާސްކޮށް ނިމެންދެން ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭނީ،  މި ސްކީމުގެ ފައިސާއިން ގަންނަ ތަކެތީގެ ތެރެއިން ފައިނޭންސް ކުރެވިފައިވާ ޖުމްލަ ތަކެތީގެ %30 އެވެ.

 

ގެރެންޓީ ދިނުން: ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތްތަކުން ދަރަނި/ކުލި/ހިއްސާގެނެ ޚަލާސް  ކުރަން ފުރިހަމައަށް ޒިންމާ ވާނެކަމުގެ ގެރެންޓީ އެއްހުށައަޅަންވާނެއެވެ.

 

ތަކަފުލް (އިންޝުއަރެންސް): މި ސްކީމަށް ހޮވުމުންމި ސްކީމުގެ ދަށުން ފައިނޭންސް ކުރެވޭ އާލާތް/ތަކެތީގެ ޖުމްލަ އަދަދު ތަކަފުލް ޕޮލިސީއެއް ނަގަންވާނެއެވެ. އަދި ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ މުއްދަތަށް މި ޕޮލިސީ ދަމަހައްޓަން ވާނެއެވެ.

 

  1. 3.      ސްކީމުގައި ބައިވެރިވާން އެދޭ ފަރާތުގައި ހަމަވާން ޖެހޭ އަސާސީ ޝަރުތުތައް

3.1    ސްކީމަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތައް ނުވަތަ ވިޔަފާރީގެ ވެރިފަރާތްތަކަކީ ދިވެހި ރައްޔިތުން ކަމުގައިވުން. 

3.2    ފޯމު ހުށަހަޅާ އިރު އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފަރާތެއް ވިޔަފާރީގެ ވެރިފަރާތެއްގެ ގޮތުގައި ހިމެނުން. އަދި 65 އަހަރު ވުމުގެ ކުރިން ސްކީމް ހަލާސްކޮށް ނިންމަންވާނެއެވެ. މި ޝަރުތުތައް ފުރިހަމަނުވާ ނަމަ އިތުރު ފަރާތަކާއެކު މިސްކީމަށް އެދި ހުށަހެޅިދާނެއެވެ.

3.3    ފޯމު ހުށަހަޅާއިރު ވިޔަފާރީގެ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން އެއް (ފައިނޭންސިންއަށް ހުށަހަޅާ ދާއިރާއާއި ގުޅޭ) ފަންނީ މުވައްޒަފަކު ހުރުން

3.4    ވިޔަފާރި ނުވަތަ ވިޔަފާރީގެ ވެރިފަރާތްތަކުގެ ރަނގަޅު ނޫން މާލީ ރެކޯޑް އެއް ނެތުން. މިގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އެކައުންޓުގައި ފައިސާ ނެތިގެން ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި ތިން ފަހަރަށްވުރެ ގިނައިން ޗެކު ބައުންސް ވެފައިނެތުން،

(ށ) ބޭންކަށް އަދާކުރަންޖެހޭ ދަރަންޏެއް ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި އަދާކުރުމުގައި ލަސްވެފައިނެތުން،

(ނ) ސްކީމަށް އެދި ހުށަހަޅާއިރު، އަދާކޮށްފައިނުވާ އެއްވެސް ސާބިތު ދަރަންޏެއް ނެތުން،

(ރ) ހިނގަމުން އަންނަ ވިޔަފާރިއެއް ނަމަ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކާ އޮތް އެއްވެސް ފައިސާއެއް ނެތުން، އަދި

 

3.5    އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތުގެ މަތިން ހިންގަން ރާވާފައިވާ ވިޔަފާރިއަކަށްވުން.

3.6    ހުށަހަޅާފައިވާ އާމްދަނީ އާއި ވިޔަފާރީގެ އަންދާސީ ހިސާބުތަކަށް ބަލައި، ދަރަނި/ކުލި/ހިއްސާގެނެ ޚަލާސްކުރުމުގެ ޤާބިލުކަން ހުރުން.

 

  1. 4.      ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުން:

4.1    ހުށަހަޅަން ޖެހޭ ލިޔެކިއުންތައް:

-       ފަސޭހަ މަދަދު ސްކީމަށް އެދޭ އެޕްލިކޭޝަން ފޯމު (ހުރިހާ ބައިތަކެއް ފުރިހަމަކޮށް، ހުށަހަޅާ ހުރިހާ ބައިވެރިންގެ ސޮއި  އެޕްލިކޭޝަން ފޯމުގެ ހުރިހާ ސަފްހާއެއްގައި އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ހުރިހާ ސަފްހާއެއްގައި ސޮއިކުރަންވާނެ).

-       އެޕްލިކޭޝަން ފޯމާއި، ފޯމުގެ އެނެކްސްގައި ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް.  

4.2    އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތު: 5 އޯގަސްޓް 2018 އިން ފެށިގެން 31 އޮގަސްޓް 2018 ވަނަ ދުވަހުގެ ނިޔަލަށް.

 

4.3    އެޕްލިކޭޝަން ފޯމު ދޫކުރާ ތަންތަން:

-       މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއާއި، މިނިސްޓްރީގެ ރަސްމީ ވެބްސައިޓް www.trade.gov.mv އިން.

-       މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރުތަކުން.

 

4.4    އެޕްލިކޭޝަން ފޯމު ބަލައިގަތުން:

-       އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 26 އޮގަސްޓް 2018 އިން 30 އޮގަސްޓް 2018 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10.00 އިން މެންދުރު 12.00 ގެ ނިޔަލަށެވެ.

-       އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ:

  • [email protected] އީމެއިލް މެދުވެރިކޮށް،
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ބިޒްނަސް ސެންޓަރުތަކުން، އަދި
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު، މާލެ، ގައި ހުންނަ އޮފީހުންނެވެ.    

-       އެޕްލިކޭޝަން ފޯމު މިނިސްޓްރީން ބަލައިގަތުމުން، ބަލައިގަތް ދުވަހާއި ގަޑި އަދި ބަލައިގަނެވުނު ފޯމުގެ ސީރިއަލް ނަންބަރު އެނގޭނޭހެން ރަސީދެއް ދެވޭނެއެވެ.

-       އެޕްލިކޭޝަން ބަލައިގަނެވޭނީ ފުރިހަމަ ކޮށްފައިވާ ފަސޭހަ މަދަދު އެޕްލިކޭޝަން ފޯމާއި، އެފޯމާއެކު ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މިނިސްޓްރީން ބަޔާންކޮށްފައިވާ ފޯމެޓަށް، ފުރިހަމައަށް ހުށަހެޅުމުންނެވެ.

-       މި ސްކީމާއި ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 1691 އަށް ގުޅުއްވުމުން ލިބޭނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުންނަމަ، މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން އަންނަނިވި ނަންބަރުތަކާއި ގުޅުއްވުން އެދެމެވެ.

  • ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ، 7917089
  • ޅ. ނައިފަރު ބިޒްނަސް ސެންޓަރ، 7918432
  • ލ. ފޮނަދޫ ބިޒްނަސް ސެންޓަރ، 7914431
  • ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ، 7918495
  • ސ. ހިތަދޫ ބިޒްނަސް ސެންޓަރ، 7916947
  • ގދ. ތިނަދޫ ބިޒްނަސް ސެންޓަރ، 7913715

 

  1. 5.      ހުށަހެޅުންތައް ވަޒަން ކުރެވޭނެ އުސޫލު:  

5.1    މި ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެ ފުރަތަމަ ވަޒަންކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާރކްސް ދީގެންނެވެ. މި އެޕްލިކޭޝަންތަކުގެ ތެރެއިން، ސްކީމުގައި ބައިވެރިވުމަށް ހޮވޭނީ އެކިއެކި އިގްތިސާދީ ދާއިރާތަކަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ މިންވަރު ހަމަވަންދެން އެންމެ މަތިން މާރކްސް ހޯދާ ތަރުތީބުންނެވެ.

ތަފްސީލު

ކަނޑައެޅިފައިވާ ޖުމްލަ މާރކްސް

ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން

-          ކޮންޓިންޖެންސީ ޕްލޭން (%3)

-          ރަނގަޅު ކޭޝްފްލޯ އެއް ނެރެވޭނެކަން ސާބިތުކޮށްދިނުން (%7)

10%

މާރކެޓިންގ ޕްލޭން

-          ވިޔަފާރިއަށް ޑިމާންޑު އޮތްކަން އަންގައިދޭ ލިޔެކިޔުން (ގަންނާނެ ފަރާތްތަކާއިއެކު ހަމަޖައްސާފައިވާ ގޮތްތައް ނުވަތަ ލިބިފައިވާ އޯޑަރު - ވިކޭނެ އަދަދާއި އަގާއެކު) ()

-          އާމްދަނީ ލިބޭނެކަމަށް އަންދާޒާކުރެވޭ އިތުރު ގޮތްތައް (%5)

-          ސޭލްސް ކޮންޓިންޖެންސީ ޕްލޭން (5%) 

20%

ވިޔަފާރީގެ ވެރިފަރާތްތަކުގެ ގާބިލުކަން

-          ގުޅުންހުރި ދާއިރާއަކުން ވިޔާފާރީގެ މަސައްކަތުގެ ތަޖުރިބާ (%7.5)

-          ގުޅުންހުރި ދާއިރާއަކުން ވިޔާފާރީގެ ފަންނީ ގާބިލުކަން (%7.5)

15%

ތަކެތި އުފެއްދުމަށް / ޚިދުމަތް ދިނުމަށް ރޭވިފައިވާ ގޮތް

-          ވިޔަފާރީގައި ހިމެނޭނެ މުވައްޒަފުންގެ ފަންނީ ހުނަރާއި ގާބިލުކަން – (%2.5)

-          ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ ޓެކްނޮލޮޖީ/ މެޝިނެރީ އާއި އާލާތްތައް (%2.5)

5%

އަންހެނުން އަދި ޒުވާނުންގެ އަޤުލަބިއްޔަތު ހިމެނޭ ވިޔަފާރިއަކަށްވުން

10%

ވިޔަފާރީގެ ފައިދާ

މިހާރު ލިބޭ އާމްދަނީ އިން މިފައިނޭންސިންގ (ޝަރުތުތަކާއި އެއްގޮތަށް) އަނބުރާ ދެއްކުމުގެ ޤާބިލުކަން ލިބިފައިހުރުން (20%)

 އަންދާޒާ ކުރެވޭ އާމްދަނީއިން މިފައިނޭންސިންގ (ޝަރުތުތަކާއި އެއްގޮތަށް) އަނބުރާ ދެއްކުމުގެ ޤާބިލުކަން ލިބިފައިވުން  (20%)

40%

 

5.2     މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުރިހާ އެޕްލިކޭޝަންތައް ވަޒަން ކޮށް، މާރކްސް ދިނުމަށްފަހު، ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކުރެވޭނެއެވެ. މި އެޕްލިކޭޝަންތަކުގެ ކްރެޑިޓް ޕްރޮޕޯސަލް އެޕްރޫވް ކުރާނީ، މި އިއުލާނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުތުތައް ހަމަވޭތޯ ބޭންކް އޮފް މޯލްޑިވްސް އިން ބެލުމަށްފަހުއެވެ.

 

މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެޕްލިކޭޝަންތައް ވަޒަންކޮށް ބެލުމަށްފަހު، މި ސްކީމްގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު މި މިނިސްޓްރީ ގެ ވެބްސައިޓް www.trade.gov.mv ގައި ޝާއިއުކުރެވޭނެއެވެ. 

 

                                          06 އޮގަސްޓް 2018

06 އޮގަސްޓް 2018
ހޯދާ