މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :8

ނޯޓް: 

 މާލެ ހުޅުމާލެ ބްރިޖް ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުން.

މުސާރަ:

މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،500ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން.

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެ މާއްދާއިން ފާސްވެފައިވުމާއި އެކު 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

- ޝިފްޓް އުޞޫލުން ގިނަވަތު މަސައްކަތުގައި އުޅެވޭފަރާތް ތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ބަސް ދަތުރުގެ މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި ބަސް ދަތުރުތަކުގެ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްއާއި އެއްގޮތަށް ދަތުރުތަށް ކުރިއަށް ދޭތޯ ބަލައި ޗެކްކުރުން.

ބަސް ދަތުރުތަކުގެ މަސައްކަތަށް ކުރިޔަށް ދާގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

އެ ވެހިކަލެއް ދުއްވާ ޑްރައިވަރުންނާއި ބަސް އެޓެންޑަންޓުން ވެހިކަލް ސާފުތާހިރުކޮށް ބަލަހައްޓާތޯ ޗެކްކުރުން.

 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 އޯގަސްޓް 12ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

05 އޮގަސްޓް 2018
ހޯދާ