މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ. 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އިސްލާމިކް ޕްރޮޑަކްޓްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ މެމްބަރޝިޕް ނުވަތަ ޕްރޮފެޝަނަލް ލެވެލް ނުވަތަ އެ ފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި، އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް، ކޮމާރސް ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ޙާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި، ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ތައުލީމް ހާސިލު ކޮށްފައިވާ ފަރާތްތަކަށްއިސްކަން ދެވޭނެއެވެ.

ހުނަރުވެރިކަން: 

  • މައިކްރޯސޮފްޓް އެކްސެލް/ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއި މަސައްކަތާގުޅޭ ޕޭޕަރ/ރިޕޯޓް ލިޔުމާއި ޕްރެޒެންޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުން

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

 

  • ބޭންކުތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ މަސައްކަތްތައް

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ސުޕަވައިޒަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް، ސްޓެޓިސްޓިކްސް، ފައިނޭންސް، އެކައުންޓިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ގާނޫނީ ދާއިރާ ފަދަ ދާއިރާއަކުން މާސްޓަރސް ޑިގްރީއާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ)، ނުވަތަ
  • ބިޒްނަސް، ސްޓެޓިސްޓިކްސް، ފައިނޭންސް، އެކައުންޓިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ގާނޫނީ ދާއިރާ ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު 03 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ) ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވެލުއޭޓްކުރުމާއި އެނަލައިޒްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 22,900.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ޑިވިޜަން:

މޮޑެލިން އެންޑް ފޯކާސްޓިން ސެކްޝަން  /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް ނުވަތަ އިކޮނޮމެޓްރިކް މޮޑިއުލްސްތައް ކިޔަވާ ވިދާޅުވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މެކްރޯއިކޮނޮމިކްސް ފޯކާސްޓްތައް ހެދުމަށް ބޭނުންވާ މޮޑެލްސްތައް ހެދުމާއި ތަރައްގީ ކުރުން.
  • އިޤްތިޞާދާގުޅޭ އެކިއެކި ފޯކާސްޓްތައް ހެދުމާއި އިޤްތިޞާދާ ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ އެކިއެކި ރިސަރޗްތައް ހެދުމުގައި އެހީތެރިވެދިނުން

ހުނަރުވެރިކަން

  • އިކޮނޮމެޓްރިކް މޮޑެލް ހެދުމާއި މޮޑެލްސް ބޭނުންކޮށްގެން އެނަލައިސް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން
  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއި ރިސަރޗް ޕޭޕަރު ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން:

އިންޓަރނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަން ސެކްޝަން / ރިޝަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސްގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މެކްރޯއިކޮނޮމިކް ޑެވެލޮޕްމެންޓާއި ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތައް މޮނިޓަރކޮށް އެނަލައިޒްކޮށް އެކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  • ރާއްޖޭގެ ވިޔަފާރިތަކަށާއި އިގްތިޞާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޓެކްނިކަލް ޕޭޕަރުތައް ލިޔުން.
  • ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެމްއެމްއޭއާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް ކުރުން.
  • ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޓްރެޜަރީ ބޮންޑް އެންޑް ޓީ-ބިލްސް، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ މި ދެ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ޙާޞިލް ކޮށްފައިވުން.
  • ވަޒީފާ އަށް މީހަކު ހަމަޖެއްސުމުގައި ފައިނޭންޝަލް ސެކްޓަރ އާގުޅޭ ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ ގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭ ގެ މަސައްކަތައް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް ޑްރާފްޓް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ޑިވިޜަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލު ކުރާ ފެންވަރުގެ ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުން
  • އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭއިން އެކުލަވާލާ އެކިއެކި ތަފާސް ހިސާބް ތަކަށް ބޭނުންވާ މައުލޫމާތުތައް ހޯދައި އެއްކުރުމާއި ތަފާސް ހިސާބުތަކުގެ ޑޭޓާ ބެލެހެއްޓުން. އިޤްތިޞާދާއި ގުޅުން ހުރި ތަފާސްހިސާބު (ސްޓެޓިސްޓިކްސް) އެއްކުރުމާއި ތަފާސްހިސާބުގެ ތާވަލްތައް އެކުލަވާލުމާއި ޑޭޓާބޭސްތަކަށް ތަފާސްހިސާބު އެޅުން.
  • "މަންތްލީ ސްޓެޓިސްޓިކްސް" ތައްޔާރުކުރުމާއި އެމްއެމްއޭގެ ވެބްސައިޓްގައި ހިމެނޭ ތަފާސްހިސާބުގެ ޗާޓުތައް ތައްޔާރުކުރުން.
  • ތަފާސްހިސާބުތައް ޗެކް ކުރުމާއި ޑޭޓާއަށް އެދޭ ފަރާތްތަކުން ބޭނުންވާ ތަފާސް ހިސާބުތައް ތައްޔާރުކުރުން.
  • ޑޭޓާބޭސްތައް ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެހީތެރިވުން.
  • އިޤްތިޞާދީ އެކިއެކި ކަންކަމާއި ގުޅޭ ސާވޭތައް ކުރުމާއި ސްޓެޓިސްޓިކްސް ޑިވިޜަންގެ މަސައްކަތްތަކަށް އެހީތެރިވެދިނުން.   

މުސާރަޔާއި އިނާޔަތްތައް

  • 9,000.00 – 12,000.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ޔުނިޓް:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރު

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން

ޝަރުތު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން

މުސާރައާއި އިނާޔަތް:

7,000.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

12 އޮގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

 

05 އޮގަސްޓް 2018
ހޯދާ