މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އަޟުޙާ ޢީދު ބަންދު

1439 ވަނަ އަހަރުގެ އަޟުޙާޢީދުގެ މުނާސަބަތުގައި 19 އޮގަސްޓް 2018 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ، މިއޮތޯރިޓީ އާއި ބޭންކުތަކާއި މިއޮތޯރިޓީން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ޚިދުމަތް ދިނުމަށް 22 އޮގަސްޓް 2018 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

 މި އޮތޯރިޓީން އާންމުންނަށް ޚިދުމަތްދޭ ގަޑިތައް ތިރީގައި މިވަނީއެވެ.

 ބޭންކިންގޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 2:00  އަށް.

 ބޭންކިންގޚިދުމަތް (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން 11:00 އަށް.

 ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 3:00 އަށް.

05 އޮގަސްޓް 2018
ހޯދާ