އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

ދިއްދޫ ސްކޫލް

އ.ދ ދިއްދޫ، ދިވެހިރާއްޖެ                                                      GS159/IUL/2018/16                                       ނަމްބަރު

 

އިޢުލާން

ވަގުތީ ޓީޗަރަކު ބޭނުންވެއްޖެ

މި ސްކޫލުގައި ކިޔަވައިދޭނެ ވަގުތީ ޓީޗަރަކު ބޭނުންވެއްޖެއެވެ.

ވީމާ، މިމަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ލީވިންގް ސެޓްފިކެޓްގެ ކޮޕީ އާއި ސީވީ އަދި އައިޑީ ކާޑުގެ ކޮޕީއަކާއި އެކު މި ސްކޫލަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

ބޭނުންވާ ޢަދަދު

މަޤާމް

01

ދިވެހި،އިސްލާމް ޓީޗަރ

 

ސަރވިސް އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

ޝަރުތު

1000.00 ރުފިޔާ

3100.00 ރުފިޔާ

ގްރޭޑް 7 ނިއްމާފައިވާ ރިލީފް ޓީޗަރުން

1500.00 ރުފިޔާ

3565.00 ރުފިޔާ

ސާނަވީ ތަޢުލީމް ހާޞިލްކޮށްފައިވާ ރިލީފް ޓީޗަރުން

1500.00 ރުފިޔާ

4500.00 ރުފިޔާ

ސާނަވީ ތަޢުލީމް ހާޞިލްކޮށް ދިވެހި އަދި އިސްލާމް މާއްދާއާއި އެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުން


މަޤާ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން

2-   ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

3-   ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން

4-   ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން

5-   ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން

6-   ދަރިވަރުން ލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން

7-   ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން

8-   ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން

9-   ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން

10-  ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން

11-  ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.

12-   ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު  އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

13-  ރިލީފް ގަޑި ނެގުން

14-  ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން

23 ޛުލްޤައިދާ 1439 

05 އޮގަސްޓް 2018
ހޯދާ