ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅާ ސާފުކުރުމުގެ މަސައްކަތް

ޏ. އަތޮޅު ހޮސްޕިޓަލުގެ 2 އިމާރާތާއި، ގޯތިތެރެ ފޮޅާ ސާފުކޮށް، ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދައުވަތު:

މި ހޮސްޕިޓަލުގެ 2 އިމާރާތާއި ގޯތިތެރެ އަދި ވަށައިގެންވާ މަގުތަކުން އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 05 އޮގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އެސްޓިމޭޓް ހުށައެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ. 

12 ޒުލްޤައިދާ 1439

25 ޖުލައި 2018

25 ޖުލައި 2018
ހޯދާ