އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގައި ބެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭ

ކުޑަކުދިންގެ ޕާކްގައި ބެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭ

މި ކައުންސިލުން ހަދަން ނިންމާފައިވާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދުމަށް 18 ޖުލައި 2018 ވަނަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މި ކައުންސިލުން ހަދަން ނިންމާފައިވާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޕާކަށް ބޭނުންވާ އިކުއިޕްމަންޓުގެ ހުރިހާ ތަފުސީލު މަޢުލޫމާތު ކަރުދާހުގައި ހުންނާނެއެވެ.

ވީމާ، މި ތަކެތި ވިއްކަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހު 13:00 ގައި

16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހު 13:00 ގައި

މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

02 އޮގަސްޓް 2018
ހޯދާ