މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
19 ވަނަ އޮފީސް/ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތް 2018

     މިއެސޯސިއޭޝަނާއި ވުލްވްސް ބާސްކެޓްބޯޅަ ކްލަބާއި ގުޅިގެން ބާއްވާ 19 ވަނަ އޮފީސް/ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތް 2018 ގެ އަންހެން އަދި ފިރިހެން ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ އޮފީސް/ކުންފުނިތަކުން 9 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 26 އޯގަސްޓް 2018 ވާ އަދިއްތަ ދުވަހުގެ 11:00 ގެ ކުރިން ޓީމްލިސްޓްގެ ސޮފްޓް [email protected] އަށް މެއިލްކޮށް، މުބާރާތުގެ ފީ (-/3500ރ) އާއި ޓީމްލިސްޓްގެ އަސްލު ހުށަހެޅުމަށް ހަމަ އެދުވަހުގެ 14:00 އަށް ބައިވެރިވި އޮފީސް/ކުންފުނިތަކުގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ.

މުބާރާތު މުހިންމު ބައެއް ޤަވާއިދުތައް

  • ސަރުކާރު އޮފީސް/ކުންފުނި އަދި އަމިއްލަ ކުންފުނިތަކައް ބައިވެރިވުމުގެ ފުރުސަތު.
  • މުބާރާތުގެ ބައިވެރިވުމުގެ ފީ -/3500 ރުފިޔާ.
  • ޓީމެއްގައި 1 ވަނަ ޑިވިޝަން 3 ކުޅުންތެރިން ހިމަނައި، އެއްފަހަރާ 1 ވަނަ ޑިވިޝަންގެ 2 ކުޅުންތެރިންނައް ކުޅުމުގެ ފުރުސަތު.
  • ކުޅުންތެރިން އޮފީސް/ކުންފުނީގެ މުވައްޒަފަކަށްވުން ލާޒިމް ނުވުން.
  • ބިދޭސީ ކުޅުންތެރިއް ހިމަނާނަމަ، އެކުޅުންތެރިޔަކީ އޮފީސް/ކުންފުނީގައި މަދުވެން ފާއިތުވި 3 މަސް ދުވަހު ވަޒީފާގައި އުޅޭ ފަރަތަކައްވުން އަދި ބިދޭސީ ކުޅުންތެރިޔާގެ ވޯރކްޕާމިޓް ކާޑްގެ އަސްލު ހުށަހެޅުން.

2 އޮގަސްޓް 2018

 

ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

 

02 އޮގަސްޓް 2018
ހޯދާ