މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޕްރޮގްރާމް ޓީޗަރ، ކުޑަކުދިންގެ ހިޔާ/ވިލިނގިލި

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ޕްރޮގްރާމް ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

ކުޑަކުދިންގެ ހިޔާ، ވިލިނގިލި

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މަސައްކަތް އަދާކުރަން ޖެހޭ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިނގިލި

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު

މަސައްކަތު އެލަވަންސާއި  އިތުރު އެލަވަންސްތައް:

މަހަކު -/7000 ރުފިޔާ

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ކުދިންނާއި މުވައްޒަފުން ޝެޑިއުލްތަކަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން

2) ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި އެކިއެކި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން ކުދިންނަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން

3) ކުދިންގެ ކިޔެވުމާއި، ދިރިއުޅުމުގެ ހުނަރުތައް ތަރައްގީ ކުރަން އެހީތެރިވެދިނުން.

4) ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި، އުސޫލުތައް ހިފެހެއްޓުމަށް ބާރުދޭ ޕްރޮގްރާމްތައް ރާވާ ހިންގުން

5) ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ޕްރޮގްރާމްތައް ރާވާކުރިޔަށް ގެންދިއުން

6) ކުދިން ކުރިއައްދާން ބޭނުންވާ ރޮނގުތައް ޚިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖުތަމަޢަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ކުދިން ތައްޔާރުކުރުން.

7) ކޯޑް އޮފް ކޮންޑަކްޓަށާއި ކަމާގުޅުން ހުރި އެންމެހާ ޤާނޫނު ތަކަށް ޢަމަލުކުރުން

މަޤާމުގެ ޝަރުތުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ކުޑަކުދިންގެ ހިޔާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027606 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ.

02 އޮގަސްޓް 2018
ހޯދާ