ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި ، ދިދަޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާންގިއެއް ބެހެއްޓުމުގެ މަސައްކަތަށް

ފ. ބިލެތްދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި ، ދިދަޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާންގިއެއް ބެހެއްޓުމުގެ މަސައްކަތަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމާއެކު އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޯގަސްޓް 12 ވާ އާދީއްތަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 އޯގަސްޓް 16 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ އަލަށް ބައިވެރިވާނަމަ -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ. ބިލެތްދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޕާކިން ޝެޑަކާއި ނޯޓިސްބޯޑުގެ މަސައްކަތާއި ، ދިދަޕޯސްޓަކާއި ވަށާފާރުގެ މަސައްކަތާއި، ފެންތާނގިއެއް ބެހެއްޓުމުގެ މަސައްކަތު  އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

01 އޮގަސްޓް 2018
ހޯދާ