މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
01 ޑަމްޕް ލޮރީ އަދި 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުން

އިޢުލާން

01 ޑަމްޕް ލޮރީ އަދި 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުން

 

މި ސަރވިސަސް އިން ރ.ދުވާފަރު ގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށްހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/93 (23 ޖުލައި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

  1. 01 ޑަމްޕް ލޮރީ (2 ޓަން)
  2. 01 އެކްސްކަވޭޓަރ (ސައިޒް 320)
  3. 01 އެކްސްކަވޭޓަރ (ސައިޒް 35)

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 01 އޯގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2018
ހޯދާ