މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުން

           އިސްކަންދަރު ސްކޫލް ފިހާރަ - ޗާންދަނީމަގު (ތިރީބައި އަދި ފުރަތަމަ ފަންގިފިލާ) – 870 އަކަފޫޓް، 2 (ދޭއް) އަހަރަށް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-EDF/22/2018/127) ޢިއުލާނާ ގުޅިގެން ކުރިމަތިލެއްވީ ދެ ފަރާތަކުން ކަމުގައިވާތީވެ، އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

           ވީމާ، މި ތަން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2018 އޮގަސްޓް 9 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް 2018 އޮގަސްޓް 2 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:15 އިން ފެށިގެން ރަސްމީގަޑީގައި އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.                  

           ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބަންދުނޫން 30 ދުވަހެވެ. މި ޢިމާރާތުގައި ކެފޭ ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ވިޔަފާރި ނުކުރެވޭނެއެވެ. އަދި މި އިމާރާތުގައި ކުރަންޖެހޭ އާބާތުރަފިލުވުމުގެ އެންމެހާ މަސައްކަތް ކުރާނީ އިމާރާތް ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ޚަރަދުގައެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2018
ހޯދާ