ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޖުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކުރުން

1. މިމަރުކަޒުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 އޮގަސްޓް 02 އިން 2018 އޮގަސްޓް 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮގަސްޓް 12 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 އޮގަސްޓް 13 ވާ ހޯމަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 6. ބިޑް ހުޅުވުން އޮންނާނީ 2018 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

 9. މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކޮށްދޭނެ ފަރާތްތެއް ހޯދުމަށް އެދި މިމަރުކަޒުން ކުރި ނަމްބަރު: GS08/2018/33އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

01 އޮގަސްޓް 2018
ހޯދާ