އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގެ ކައުންޓަރު މަރާމާތުކުރުމާއި ބޮޑުދޮރެއް އެރުވުމުގެ މަސައްކަތް

            އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓްގެ ނަންބަރު S2C-A/2018/12 ޢިއުލާނަށް އިޖާބަދީ އެސްޓިމޭޓް ހުށަހަޅަން އައީ އެންމެ ދެފަރާތަކުންކަމަށްވާތީ އެއީއުލާން ބާތިލްކޮށް، އެކޯޓްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ކޯޓްގެ ކައުންޓަރު ކޯޓުން ދޭ ކުރެހުމަކާ އެއްގޮތަށް ހަދައި ހަރުކޮށް ދިނުން.
  2. ކޯޓަށް ވަދެވޭގޮތަށް އިތުރު ބޮޑުދޮރެއް އެރުވުން.

          ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 10:00 އަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

          މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

01 އޮގަސްޓް 2018
ހޯދާ