ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާ ގެ ފުރުޝަތު

މަޤާމް :

 އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ     

މަޤާމް ނަންބަރު :

 J-296606, J-296607, J-296608, J-296609

ބޭނުންވާ ޢަދަދު:

 4  

މަޤާމުގެ ގިންތި:

 ވަގުތީ  

މަޤާމުގެ ރޭންކް:

 ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ވެލާނާގެ، 4 ވަނަ ފަންގިފިލާ / މާލެ.

މުސާރަ:

 މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ ( ދުއިސައްތަ ފަންސާސް ފަސްރުފިޔާ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކާޑުހެއްދުމަށް އެދި ހުށައަޅާ ފޯމް ބަލައިގަތުމާއި، ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ބަލައިގަނެ ސްކޭން ކުރުން. 

  2. ފޯމް ބަލައިގަންނައިރު ހުށައަޅާ ލިޔުންތަކާއި މަޢުލޫމާތާއި ފޯމްގައިވާ މަޢުލޫމާތުތައް ދިމާވޭތޯބަލައި ޗެކްކުރުން.

  1. ކާޑުހައްދަން ހުށައަޅާ ފަރާތްތަކުގެ ފޮޓޯނެގުން، ފިންގަރޕްރިންޓް އާއި ސޮއި ކެޕްޗަރ ކުރުން
  2. ކާޑު ޙަވާލުކުރުމާއި ކާޑަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން.
  3. މަސައްކަތް ކުރުމުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން އަމިއްލައަށް ޙައްލުނުކުރެވޭ ވަރުގެ މައްސަލަތައް ސުޕަވައިޒަރ ނުވަތަ ކަމާގުޅޭ  އިސްމުވައްޒިފަކާ ވާހަކަ ދައްކައިގެން ޙައްލުކުރުން. ދިމާވާ މައްސަލަތާކާއި ގުޅޭގޮތުން ޖަވާބުދާރީ ވާންޖެހޭ ޙާލަތްތަކުގައި ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޖަވާބުދާރީވުން.
  4. އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ކާޑު ހަދައިދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ކަލެކްޓިންގ ސެންޓަރތަކުން، ކާޑު ހެއްދުމަށްޓަކައި ހުށައަޅާ މަޢުލޫމާތުތަކަށް އެޕްލިކޭޝަން ހެދުން.
  5. ކަލެކްޓިންގ ސެންޓަރތަކުން ހުށައަޅާ ކާޑުތަކުގެ ތެރެއިން މާލެއިން، މިޑިޕާރޓްމަންޓުން ނަގަން ބޭނުންވާ ކާޑުތައް ކާޑު ނަގަން އަންނަ ފަރާތްތަކާއި ޙަވާލުކުރުން
  6. ކަލެކްޓިންގ ސެންޓަރތަކުން ހައްދަން ހުށައަޅާ ކާޑުތައް ޕްރިންޓުވުމުން، ކާޑުގެ ވެރިފަރާތްތަކަށް ރަށްދުކުރުމަށްޓަކައި، ކާޑު ހުށައެޅި ކަލެކްޓިންގ ސެންޓަރތަކަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  7. ކަލެކްޓިން ސެންޓަރތަކުން ކާޑު ހައްދަން ހުށައަޅާ މަޢުލޫމާތު ތަކުގައި ހުންނަ މައްސަލަތައް، ކަލެކްޓިންގ ސެންޓަރ ނުވަތަ  ކަލެކްޓިންގ ސެންޓަރ ހުރި ކައުންސިލްތަކާ ގުޅައިގެން ޙައްލުކުރުން. ގުޅައިގެން ހައްލުނުކުރެވޭ މައްސަލަތައް ކަލެކްޓިންގ ސެންޓަރތަކަށް ނުވަތަ ކައުންސިލްތަކަށް ރިޕޯރޓްކުރުން.
  8. ކައުންސިލްއިދާރާ ތަކުން އަދި ކާޑު ހެދުމާއިބެހޭ ގޮތުން އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން.
  9.  މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  10.  ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި www.dnr.gov.mv ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ   ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،   ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު   އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް   ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ
  2. ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 އޮގަސްޓު ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ.   ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (3325160) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި   ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީދާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 އޮގަސްޓު 14 ން 30 އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައެވެ. ވުމާއެކު   މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން     މާކްސް  ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:  

 މި މަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ   3323815 ނަންބަރާއެވެ. ފެކްސް ކުރާނެ ނަންބަރަކީ 3325160 ނަންބަރަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މެއިލް އާއި ފެކްސް ކޮށްގެން   ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތައް   ހުށަހަޅާފައި  ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ.   

01 އޮގަސްޓް 2018
ހޯދާ