ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:

       ނަންބަރު: IUL)120/1/2018/43) 

އިޢުލާން

2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން:

2018 ވަނަ އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ (ޓައިމްޓޭބަލް) 2018 އޮގަސްޓު 01 ވަނަ ދުވަހުން ފެށިގެން 2018 އޮގަސްޓު 15 ގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. މިޑިޕާޓްމަންޓަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.  

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2018 އޮގަސްޓު 16 ވަނަ ދުވަހުގެ 1200 ގެ ކުރިން ލިއުމަކުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ އިޞްލާޙުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކެވެމުންނެވެ.

19 ޛުލްޤައިދާ 1439

01 އޮކްޓޯބަރ 2018

01 އޮގަސްޓް 2018
ހޯދާ