މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގާ ލ.އެފްސީ.އެސް.ސީ ހިންގާނެ އިމަރާތެއް ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮގަސްޓް 6 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް  ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮގަސްޓް 13 ވާ ހޯމަ ދުވަހުގެ 10:30 އަށް ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

18 ޛުލްޤަޢިދާ 1439

31  ޖުލައި  2018

 

 

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: މިއިއުލާން ގެޒެޓުގައި ޝާއިޢުކޮށް ދެއްވުން އެދެމެވެ.

31 ޖުލައި 2018
ހޯދާ