މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކުޑަކުދިންގެ ހިޔާއަށް އެނދު، ގޮދަޑި އަދި ބާލިސް ގަންނަން ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާ އަށް އެނދު، ގޮނދަޑި އަދި ބާލީސް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި މިމިނިސްޓްރީއަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އިޢުލާނުގައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތާ އެއްގޮތަށް 2018 އޮގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

#

ބޭނުންވާ އަދަދު

ތަފްޞީލް

1

26

ބަންކް ބެޑް (2ބުރިލީ/ ލަކުނޑި)

2

48

ސްޕޮންޖް މެޓްރެސް (75x36x4inch)

3

96

ބާލިސް (48x74cm)

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  • ·         އަގު: 70 ޕޮއިންޓް (އެންމެ ކުޑައަގެއް ހުށައަޅާ ފަރާތްތަކަށް އެންމެ މަތީ ޕޮއިންޓް، އެއަށްފަހު ދެވޭނީ ރޭޝިއޯއިންނެވެ.)
  • ތަޖްރިބާ: 30 ޕޮއިންޓް (ތަޖްރިބާ ކަމުގައި ބެލެވޭނީ ކޮށްފައިވާ މަސައްކަތާއި ގުޅިގެން ހުށައަޅާ ލިޔުންތަކުގެ މައްޗަށެވެ. އެގޮތުން 8 ލިޔުން ނުވަތަ އެއަށްވުރެ ގިނަލިޔުންތައް ހުށައަޅާ ފަރާތްތަކަށް އެންމެ މަތީ ޕޮއިންޓް، 5 ލިޔުން ނުވަތަ އެއަށްވުރެ ގިނަ ލިޔުންތައް ހުށައަޅާ ފަރާތްތަކަށް 20 ޕޮއިންޓް، އަދި 4 ލިޔުމަށްވުރެ މަދު ލިޔުންތައް ހުށައަޅާ ފަރާތްތަކަށް 10 ޕޮއިންޓެވެ.

މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

                                         31 ޖުލައި 2018

31 ޖުލައި 2018
ހޯދާ