ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އެގްޒެކެޓިވް

މަޤާމު:

ހިއުމަން ރިސޯސް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕުރޮފެޝަނަލްސް

ސެކްޝަން/ޔުނިޓް:

ހިއުމަން ރިސޯސް އެންޑް ފައިނޭންސް / ހިއުމަންރިސޯސް ޔުނިޓް

ޔުނިޓުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ވަޒީފާތަކާބެހޭ އެންމެހާ ކަންތައްތައް ހިންގުން.

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުން ހޯދުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ (ޓްރެއިނިންގ ރިކުއަރމަންޓް)، ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  4. ކޮމިޝަނުގެ އިދާރާގެ މަގާމުތަކާއި މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ކޮމިޝަނުގެ އިދާރާގެ މަގާމެއް އުފެއްދުމަށް، ބަދަލުކުރުމަށް އުވާލުމަށް ނުވަތަ ރިޒާވުކުރަން ޖެހިއްޖެނަމަ އެ ކަމާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތަކާއި ރެކޯޑްތައް ހަމަޖެހިފައިވާ ތަރުތީބުން ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.
  7. ކޮމިޝަނުގެ އިދާރާގެ އެކިއެކި ސެކްޝަންތަކުގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެސެކްޝަނަކާއި ގުޅިގެން ތައްޔާރުކުރުން.
  8. ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޟިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  9. ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން.
  10. ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ނުވަތަ ވަޒީފާގެ އޮނިގަނޑަށް ކޮމިޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  12. ކޮމިޝަނުގެ އިދާރާގެ މަސައްކަތުގެ އޮނިގަނޑަށް (މެންޑޭޓް) ކޮމިޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  13. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދަށް ކޮމިޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  14. ކޮމިޝަނުގެ އިދާރާގެ މަޤާމުތަކަށް ހޮވޭ މުވައްޒަފުން އޮފީހަށް އަހުލުވެރި ކުރުމުގެ (އިންޑަކްޝަން) ޕްރޮގްރާމް ރާވާ ހިންގުން.
  15. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ ނިޒާމެއް ޤާއިމުކޮށް، ސެކްޝަންތަކާ ގުޅިގެން އެ ނިޒާމު ހިންގުން، މޮނިޓަރކުރުން އަދި ބޭނުންވާ އިސްލާޙުތައް ގެނައުން.
  16. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުރުމުއްދަތުގެ ތަމްރީނު ދިނުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  17. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ފުރިހަމަކުރާ ކުރު މުއްދަތުގެ ތަމްރީނުތަކާ ގުޅިގެން އެކުލަވާލައި ހުށަހަޅަންޖެހޭ ރިޕޯޓު ފުރިހަމަކޮށް ހުށަހަޅާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
  18. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ގޮތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކޮށް އެ މުވައްޒަފުންނަށް ރިވޯޑް ދިނުމުގެ ނިޒާމެއް ޤާއިމުކޮށް ހިންގުން.
  19. ކޮމިޝަނުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރޮގްރާމު/ޕްރޮޖެކްޓުތައް ރާވައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  20. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ވަޒީފާއާ ބެހޭގޮތުން ހުށައަޅާ މައްސަލަތަކަށް ޖަވާބުދާރީވުމާއި އެމައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  21. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދިމާވާ މައްސަލަތަކުގައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް، އެ މުވައްޒަފެއްގެ ސެކްޝަން/ޔުނިޓާ ގުޅިގެން އިސްލާހީ ފިޔަވަޅު އެޅުން.
  22. ކޮމިޝަނުގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތްކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސައްކަތުގެ ރޫހު ދިރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި އެކުވެރި، އިންސާފުވެރި މަސައްކަތުގެ މާޙައުލެއް ގާއިމުކުރުން.
  23. ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  24. ކޮމިޝަނުގެ އިދާރާގެ އެކްޝަން ޕްލޭން އެހެން ސެކްޝަން، ޔުނިޓްތަކުގެ އެހީއާއެކު އެކުލަވާލައި  ގަވާއިދުން މޮނިޓަރ ކުރަމުންގެންދިއުން.
  25. ކޮމިޝަނުން އައި.އެސް.އޯ ސެޓިފިކޭޝަން ހޯދުމާބެހޭ ކަންތައްތަކާއި، އެސެޓިފިކޭޝަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  26. އެޓެސްޓްކޮށްދިނުމަށް އެދި މުވައްޒަފުން ހުށަހަޅާ ތަކެތި ހަމަޖެހިފައިވާ އިންތިޒާމެއްގެ ދަށުން އެޓެސްޓްކޮށްދިނުން.
  27. މުވައްޒަފުންނާއި ކުރީގައި ކޮމިޝަނުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން، ވަޒީފާއާބެހޭގޮތުން ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް އެ ފަދަ ލިޔުންތައް ދޭނެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް އެފަދަ ލިޔުންތައް ދިނުމުގެ މަސައްކަތްކުރުން.
  28. އޮފީސް ފާހާއި އޮފީސް ބިޒްނަސް ކާޑު ފޯރުކޮށްދިނުމުގެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް އެފަދަ ތަކެތި ދިނުމުގެ މަސައްކަތްކުރުން.
  29. ކޮމިޝަނުގެ އިދާރާގައި އާންމު ފަރާތްތަކަށް އިންޓަރންޝިޕް އާއި މަސައްކަތު ތަޖުރިބާ ދިނުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.
  30. ކޮމިޝަނުގެ ފަރާތުން ސޮއިކުރަން ކަނޑައަޅާ އެމް.އޯ.ޔޫ ފަދަ އެއްބަސްވުންތަކުގެ ތެރެއިން އާންމު އެމް.އޯ.ޔޫތަކުގައި ސޮއިކުރުމާބެހޭ ކަންތައްތައް ވިލަރެސްކޮށް، ހިންގައި، ބެލެހެއްޓުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

8 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަން އަށް (ސިވިލް ސަރވިސް ކޮމިޝަން، ހެންވޭރު، މަޖީދީމަގު 20040)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: )
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %65)
    • ޕްރެކްޓިކަލްސް - %30
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - %35

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން  އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2018 އޮގަސްޓް 12 ން 2018 އޮގަސްޓް 30 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ސިވިލް ސަރވިސް ކޮމިޝަން، ހެންވޭރު، މަޖީދީމަގު 20040) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 7799280 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

31 ޖުލައި 2018
ހޯދާ