މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރަޖިސްޓަރޑް ނާރސް / މުލީ ރީޖަނަލް ހޮސްޕިޓަލް

މި އިޢުލާންވަނީ 31 ޖުލައި 2018 13:57 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު

 މ.މުލީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު:

ރެޖިސްޓާރޑް ނާރސް

މަޤާމުގެ ނަމްބަރ:

J-254672 / J-206030

ބޭނުންވާ އަދަދު:

02 ( ދޭއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މ.މުލީ ރީޖަނަލް ހޮސްޕިޓަލް / މ.މުލި

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިމަޖެންސީ ބަލިމީހުން ރިފަރކުރުމުގެ އެންމެހާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  2. ވާރޑަށް ބޭނުންވާ އިންސްޓްރޫމެންޓްސް، އިކްއިޕްމެންޓްސް، ކޮންސިއުމަބަލްސް، ލިނަން ފަދަ ތަކެތި ހަމަކޮށް ބެހެއްޓުމާއި، ގަވާއިދާ އެއްގޮތަށް އިންވެންޓްރީ ބެލެހެއްޓުން.
  3. ބަލިމީހާއަށް ނާރސިންގ ކެއަރ ދިނުމަށް ބޭނުންވާ އެނދާއި، ބެޑްޝީޓް، ބޭސް، ބޭނުންކުރާ މެޝިންފަދަ ތަކެތި ތައްޔާރީ ޙާލަތެއްގައި ހުރިތޯބަލައި، ކޮންމެ ދުވަހަކު ޗެކްކުރުން.
  4. އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ޑޮކްޓަރގެ އޯޑަރާއެއްގޮތަށް ބޭސްފަރުވާ ކުރުމަށްޓަކައި ގެންގުޅޭ ލިޔުންތަކާއި، ޑިސްޗާޖްކުރުމާހަމައަށް އެމީހަކާއި ގުޅޭގޮތުން ރައްކާކުރަންޖެހޭ މަޢުލޫމާތު ބެލެހެއްޓުން.
  5. ބަލިމީހާގެ ޙާލަތާއި ގުޅޭގޮތުން ޑޮކްޓަރ ވިދާޅުވާ ވާހަކަތައް ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ކިޔައިދީ، އޮޅުންފިލުވައި ދިނުން.
  6. ހޮސްޕިޓަލްގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ޔުނިވަރސަލް ޕްރޮޓޮކޯލާއި އެއްގޮތަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ޑިޕްލޮމާ އިން ކޮންވާރޝަން އިން ނާރސިންގ ކޯސް ފުރިހަމަކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓުރާންސްކުރިޕްޓް ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

  1. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަދި ފެކްސް 6700520 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޮގަސްޓް 2018 އާއި 16 އޮގަސްޓް 2018 އާ ދެމެދު، މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720605،6720604 އަށެވެ. އަދި ފެކްސް ކުރާނެ  ނަމްބަރަކީ، 6720520 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

31 ޖުލައި 2018
ހޯދާ