ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް.

ކްރިމިނަލް ކޯޓަށް ކޮމްޕިއުޓަރ އަދި ޔޫ.ޕީ.އެސް ގަތުމަށް ބޭނުންވެގެން 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (145SP/2018/26 (03.07.2018 ގެ އިޢުލާނާގުޅިގެން ކޮމްޕިއުޓަރ ސިސްޓަމް ވިއްކުމަށް ހުށަހެޅި އަންދާސީ ހިސާބު ތަކުގެ ތެރެއިން ގިނަ އަންދާސީ ހިސާބު ތަކުގައިވާތަކެތި ކޯޓުގެ ސްޕެސިފިކޭޝަނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ނުފެތޭތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް 3 ވަނަފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ ކޮމްޕިއުޓަރ ސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮގަސްޓް 06 ވަނަ ދުވަހުގެ 10:00 ށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7668281 ނަންބަރާ ގުޅުއްވުން އެދެމެވެ. 

30 ޖުލައި 2018
ހޯދާ