މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 11 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ. މިހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި އުޞޫލު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން ފޯމާއި އުޞޫލު ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

 ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ކައުންޓަރުންނާއި ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުން 08 އޯގަސްޓް 2018 އިން ފެށިގެން 11 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

30 ޖުލައި 2018
ހޯދާ