ދިވެހިރާއްޖެ
ނަންބަރު: A)EA-2018/157)
އިޢުލާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)އިން ފޯމް ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނައުން
23 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމަށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ފޯމް ބަލައިގަންނަ ވަގުތުތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް ބަދަލު ގެނެސްފީމެވެ.
30 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު 05:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.30 އިން ހަވީރު 05:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
17 ޛުލްޤައިދާ 1439