ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކަސްޓަމަރ ކެއަރ އެންޑް ޕީއާރު މެނޭޖަރ

މަޤާމް :ކަސްޓަމަރ ކެއަރ އެންޑް ޕީއާރު މެނޭޖަރ
ބޭނުންވާ އަދަދު :1

                        ވަޒީފާގެ ފުރުޞަތު                                          

މަޤާމު: ކަސްޓަމަރ ކެއަރ އެންޑް ޕީއާރު-މެނޭޖަރ

މުސާރަ

މަހަކު -/10,500 ރުފިޔާ

މަޤާމުގެ ރޭންކް

އީ.އެކްސް 4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕީ އެސް އެމް ކަނެކްޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ

ސަޕޯރޓް އެލަވަންސް:  ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ

މަޤާމުގެ ޝަރުތު:

މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނާ ރަށްޓެހި މާހައުލެއް ބިނާކުރުމާއި ޚިދުމަތްތައް ފުޅާކުރުން
  • ކުންފުނިން ދޭ ޚިދުމަތަކާ ގުޅިގެން ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލާ އެކަންކަމަށް ހައްލު ހޯދައިދިނުން
  • ޚިދުމަތް ދިނުމަށް ހަދަންޖެހޭ އުސޫލްތަކާއި ސިޔާސަތުތަށް ކަނޑައެޅުން
  • ކަސްޓަމަރުންގެ އެންމެހާ ކަންކަން ބަލާ ރިކޯޑުކޮށް މޮނިޓަރކޮށް ބެލެހެއްޓުން
  • ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓް އެކުލަވާލުން
  • ކަސްޓަމަރ ސާވިސް އެޖެންޓުން ބިނާކުރުމާއި އެމީހުންނަށް ކުރިއަށްދެވޭނެ މާހައުލެއް ހޯދައިދިނުން
  • އިންޑަސްޓްރީ އަށް އަންނަ އެކި އެކި ބަދަލްތަކާއި ކުރިއެރުންތައް ދެނެގަނެ، ގެންނަންޖެހޭ ބަދަލްތައް ގެނައުން
  • ކުންފުނީން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސލްކުރުމަށް މަސައްކަތްކުރުން ކުރުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކަސްޓަމަރ ސާވިސް ދިނުމުގައި ތަޖުރިބާ ލިބިފައިވުން
  • މެނޭޖްމެންޓްގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކަސްޓަމަރ ސާވިސް ސޮފްޓްވެއަރއާއި ގުޅުންހުރި ޑާޓާ އަދި ޓޫލްސް
  • އިންޑަސްޓްރީގެ އެންމެފަހުގެ ޓެކްނޮލޮޖީގެ މައުލޫމާތު ލިބިފައިވާ މިންވަރު
  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީންމަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާމަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޮގަސްޓް 5 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ,30003643000210 އާއި ގުޅުއްވުން އެދެމެވެ.

 

                        17 ޒުލްޤައިދާ 1439

30 ޖުލައި 2018
ހޯދާ