ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޭބަރަކު ބޭނުންވެއްޖެ
ވަޒީފާގެފުރުޞަތު
60-އޭޑީއެމް/168/2018 ނަންބަރ އިއުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މަޤާމް: ލޭބަރަަރ
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/3240 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 123 (ސ. ފޭދޫ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް
އެހެނިހެންއިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެމަސްއޫލިއްޔަތު
- މުދާ ލޯޑިންގ އަދި އަން ލޯޑިންގެ ކަންތައް ބެލެހެއްޓުން
- ކަސްޓަމަރުންއަށް މުދާ ފޯރުކޮށް ދިނުމުގައި އެހީތެރިވުން
- ފިހާރައިގެ އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުން
ފެންވަރުނުވަތަޝަރުތު
- ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން އެގުން
އެހެނިހެންހުނަރު
- މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
ސުންގަޑި
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޯގަސްޓް 6 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
30 ޖުލައި 2018
ހޯދާ