ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

 

`

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.                                      

                                              ނަންބަރު:IUL)430-DBA-B/1/2018/17)

 

 

 

 

އިޢުލާނު

 

 

                މި އެކެޑަމީގެ ނަންބަރު (IUL)430-DBA-B/1/2018/10 އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.

 

                އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއިއައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ އިތުރުކުރެވިފައެވެ. މި މުބާރާތަކުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2018 އޮގަސްޓު 13 ވާ ހޯމަ ދުވަހުގެ 13:30 އެވެ. 

 

                މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތްތަކާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  3028002ން ލިބޭނެއެވެ.

 

 

                 ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

30 ޖުލައި 2018
ހޯދާ