މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :40

ނޯޓް: 

މާލެ ހުޅުމާލެ ބްރިޖް ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުން.

މުސާރަ:

މަހަކު -/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،500ރ - 5،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން.

 (މި މަޤާމަށް ބޭނުންވާ ޢަދަދަށް ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެނަމަ C1, C2 ކެޓެގަރީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް މި ކުންފުނިން ޓްރޭނިންގ ދީ ބަސް ކެޓަގަރީ ލައިސަންސް ނަގާދޭގޮތަށް ވަނީ ހަމަޖެހިފައެވެ.)

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން. 

- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން 

- ޕެސެންޖަރުންނަށް އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސެންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

މަޤާމް :އެޕްރެންޓިސް
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،500ރ - 5،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ނުވަތަ މިފަދަ ދާޢިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން. 

ސިއްޚީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ވެހިކަލް / އިކުއިޕްމެންޓް ތަކުގެ މެއިންޓެނަންސް ކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

މަރާމާތު ކުރުމަށް ބޭނުންކުރާ ޓޫލްސްފަދަ ތަކެތި ބެލެހެއްޓުން

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 އޯގަސްޓް 05 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

29 ޖުލައި 2018
ހޯދާ