ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ(ހދ.ކުޅުދުއްފުށި)

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                       

މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ

މަހަކު -/5000 ރުފިޔާ

މަޤާމުގެ ރޭންކް

އޭ އެސް 9

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ހދ.ކުޅުދުއްފުށި މީޑިއާސެންޓަރ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާޒް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/83.33ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2(ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު 2 (ދޭއް) އަހަރު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މީޑިއާ ސެންޓަރގެ އެޑްމިން މަސައްކަތްތައް  ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ބެލެހެއްޓުން
  • މީޑިއާ ސެންޓަރގެ ބޭނުމަށް އެކި ތަންތަނަށް ފޮނުވަންޖެހޭ ސްޓާފުން ފޮނުވުމުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުން
  • މީޑިއާ ސެންޓަރގެ ސްޓާރފުންގެ އެޓެންޑެންސާއި ޕަރފޯމެންސް ބެލެހެއްޓުމުގައި ސްޕަވައިޒަރުގެ ލަފާގެމަތިން ބެލެހެއްޓުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޮގަސްޓް 1 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. މި އިއުލާނަކީ (IUL)PSM-HR/PSM/2018/127 މި ނަންބަރ އިއުލާންގެ މުއްދަތު އިތުރު ކުރުމަށް ކުރެވުން އިއުލާނެކެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ,30002683000210 އާއި ގުޅުއްވުން އެދެމެވެ.

                        15 ޒުލްޤައިދާ 1439

28 ޖުލައި 2018
ހޯދާ