މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބާޖް އާއިއެކު ޓަގް ބޯޓެއް ކުއްޔަށްހިފުން

އިޢުލާން

ބާޖް އާއިއެކު ޓަގް ބޯޓެއް ކުއްޔަށްހިފުން

 

މި ސަރވިސަސްގެ ބޭނުމަށް ކ.ހިންމަފުށި އިން ޏ.ފުވައްމުލަކަށް ވެލި އުފުލުމަށްޓަކައި ބާޖް (700-500 ޓަން) އާއިއެކު ޓަގް ބޯޓެއް ކުއްޔަށްހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/87 (18 ޖުލައި 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 26 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.

25 ޖުލައި 2018
ހޯދާ