ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ESOFT Metro Campus Scholarships 2018

ESOFT Metro Campus Scholarships 2018

ޔުނިވަރސިޓީ: އީސޮފްޓް މެޓްރޯ ކެމްޕަސް

ސްރީ ލަންކާ

ޤައުމު:

25 ބެޗްލަރސް ޑިގްރީ – ޓިއުޝަން ފީ ހިލޭ

50 ބެޗްލަރސް ޑިގްރީ – ޓިއުޝަން ފީގެ %75 ހިލޭ

45 ބެޗްލަރސް ޑިގްރީ – ޓިއުޝަން ފީގެ %50 ހިލޭ

80 މާސްޓަރސް ޑިގްރީ – ޓިއުޝަން ފީގެ %50 ހިލޭ

ކޯހުގެ އަދަދު އަދި ލެވެލް:

މި އިޢުލާނާއިއެކު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އަށް އަޕްލޯޑު ކުރެވިފައިވާ ލިސްޓުގައިވާ ކޯސްތައް      

ކޯހުގެ ދާއިރާ:

 

ބެޗްލަރސް ޑިގްރީގެ ޝަރުތު

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.
  2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

 

މާސްޓަރސް ޑިގްރީގެ ޝަރުތު

-          ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

4. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

6. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

-  މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-    ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-    ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

-    މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖް ކޮޕީ

-    މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-    ސީވީ

-    ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-    ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-          މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ހަމަޖެހޭ ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް، ބޭނުންފުޅުވާނަމަ ކަނޑައެޅިފައިވާ އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަޕްލިމެންޓަރީ ލޯން އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

-          މި ސްކޮލަރޝިޕްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނެ ކޯސްތަކުގެ ފީ ސްޓްރަކްޗަރ މި އިޢުލާނާއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައި ވާނެއެވެ.

-          މި ފުރުޞަތުތަށް ހުޅުވާލެވިފައިވަނީ އަލަށް ކިޔަވަން ފަށަން ބޭނުންފުޅުވާ ކެންޑިޑޭޓުންނަށެވެ.

-          ބެޗްލަރސް ޑިގްރީ ކޯސްތަކުގެ މުއްދަތަކީ 3 އަހަރެވެ. އަދި މާސްޓަރސް ޑިގްރީ ކޯސްތަކުގެ މުއްދަތަކީ 1 އަހަރާއި 6 މަސްދުވަހެވެ.

-          ސްކޮލަރޝިޕް ހަމަޖެހޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

-          މި ސްކީމަށް ކެންޑިޑޭޓުން ހޮވުމުގައި، މި ޑިޕާޓްމަންޓުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް ލޯނު އެހީ ހަމަޖެހިފައިވާ، އަދި އެއްވެސް ޕޭމަންޓެއް ބޭނުންނުކުރާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ. އަދި، ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުމާއެކު، ލޯނު ފުރުޞަތު ބޭނުންކުރަން ދީފައިވާ މުއްދަތު ހަމަވެފައިވާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.

-          މަތީގައި ބަޔާންކުރެވިފައިވާ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން ނޮމިނޭޓްކުރާނީ އެކަޑެމިކް މެރިޓަށް ޕޮއިންޓް ދީގެންނެވެ.

-          ބެޗްލަރސް ޑިގްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 25 ކެންޑިޑޭޓުން ކޯސް ފީ ހިލޭ ފުރުޞަތަށް ނޮމިނޭޓްކުރެވޭނެއެވެ. އެއާއި ޖެހިގެން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ކެންޑިޑޭޓުން ޓިއުޝަން ފީގެ %75 ހިލޭ ލިބޭ ފުރުޞަތަށް ނޮމިނޭޓް ކުރެވޭނެއެވެ. މިއިން ފުރުސަތަކަށް ނޮމިނޭޓް ނުވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 45 ކެންޑިޑޭޓުން %50 ޓިއުޝަން ފީ ހިލޭ ފުރުޞަތަށް ނޮމިނޭޓް ކުރެވޭނެއެވެ.  

-          މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯސްތަކަކީ ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަރސިޓީ (އެލް.އެމް.ޔޫ) އަދި ކިންގްސްޓަން ޔުނިވަރސިޓީ (ކޭ.ޔޫ) އާއި އެފިލިއޭޓް ވެފައިވާ ކޯސްތަކެކެވެ.

-          މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސިލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ  ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

-          ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

-          ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-          އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެންކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

-          ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

-          މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

-          ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

-          ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-          ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

-          މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

-          އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-          އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ،  ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ.

-          މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން މި ޑިޕާޓްމަންޓަށް ސެޓްފިކެޓާއިއެކު ކޮޕީ ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ.

-          އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ.

-          އެޓެސްޓްކުރި ތަނުގެ ނަން.

-          އެޓެސްޓްކުރި މީހާގެ ނަން.

-          އެޓެސްޓްކުރި މީހާގެ މަގާމް.

-          އެޓެސްޓްކުރި މީހާގެ ސޮއި.

-          އެޓެސްޓްކުރި ތާރީޚް.

-          އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-          އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

-          ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރުމާ ބެހޭ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 އޮގަސްޓް 12 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307   އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3413253 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

25 ޖުލައި 2018
ހޯދާ