ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ މަރާމާތުގެ މަސައްކަތް

ހއ ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތްތައް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:15 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 8 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 13:15 ގައި މި އިދާރާގައި ބާއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާ ބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި މި ދަންނަވަނީއެވެ.

  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތް އެކަންޏެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ. އަދި އެއްވެސް ފަރާތަކަށް 2 ފަރާތް ނުވަތަ އެއަށްވުރެ އިތުރު ފަރާތެއް މި ބައްދަލުވުންތަކުގައި ތަމްޞީލެއް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބު ހުށައެއް ނޭޅުއްވޭނެއެވެ.
  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެ ފަރާތަކީ އެ ފަރާތުގެ ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ.
  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ ޕްރައިވެޓް ނުވަތަ ޕަބްލިލް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ،  ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
  • މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
  • އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން ނަން ނޯޓްކުރައްވާފައި ނުވާ އެއްވެސް ފަރާތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގެންނެވޭއެވެ.

 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 ޖުލައި 2018
ހޯދާ