ދިވެހިރާއްޖެ
02 ޓަނުގެ ޑަމްޕް ލޮރީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އިދާރާއަށް ލޮރީއެއް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)401-C/401/2018/23 (07 ޖޫން 2018) އިޢުލާނުގައި ގުޅިގެން ފޯރުކޮށްދެވުނު މަޢުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލްކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ގަންނަން ބޭނުންވާ ތަކެތީގެ ތަފްޞީލް
02 ޓަނުގެ ޑަމްޕް ލޮރީއެއް - ޖަޕާން ރިކޮންޑިޝަން (Refurbished) (2012 ވަނަ އަހަރުގެ ފަހުގެ އުފެއްދުމަކަށް ވާންޖެހޭނެއެވެ.)
ވީމާ، މިދެންނެވި ޑަމްޕް ލޮރީ ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖުލައި 2018 (އާދީއްތަ) ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އޯގަސްޓް 2018 (އަންގާރަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.