ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބަޖެޓްއި މަސައްކަތު ތާވަލް ރައްޔިތުންނަށް ހާމަކުރުން

 

އިޢުލާން

 

ބަޖެޓާއި، މަސައްކަތު ތާވަލް ރައްޔިތުންނާއި ހިއްސާކުރުން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ  110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރެއްގެ ފެބްރުއަރީ ، ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ވުމާއިއެކު 2019 ވަނައަހަށް ލަފާކޮށްފައިވާ ބަޖެޓާއި، މަސައްކަތު ތާވަލަށް،  ރައްޔިތުންގެ ޚިޔާލާއި،މަސްވަރާ، ބޭނުންވުމާއި އެކު "ބަޖެޓް، މަސައްކަތު ތާލާއި ބެހޭގޮތުން 2018 ޖުލައި 30 ހޯމަ ދުވަހުގެރޭ 21.00 ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވުމާއި އެކު، އެންމެހާ ޢާއްމު ރައްޔިތުން މި ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރައްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.  

09  ޛުލްޤައިދާ  1439

22  ޖުލައި     2018

 

 

 

ޞިރުޣާމް ސައީދު        

 ކައުންސިލްގެ ނައިބް ރައީސް    

22 ޖުލައި 2018
ހޯދާ