ދިވެހިރާއްޖެ
ޑިޕާޓްމަންޓްގެ ނަންބަރު: 2018/45/އޭ-198 (05 ޖުލައި 2018) އިޢުލާނުން މިޑިޕާޓްމަންޓުގެ "ޑެޕިއުޓީ ޑިރެކްޓަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މިމަޤާމަށް އިޢުލާން ކުރީމެވެ.
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 2018/56/އޭ-198 |
|
ތާރީޚް: 23 ޖުލައި 2018 |
||
މަޤާމު |
ޑެޕިއުޓީ ޑިރެކްޓަރ |
ރޭންކް: އެމް.އެސް 4 |
ޢަދަދު |
1 |
ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ |
މަސައްކަތްކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
ސެކްޝަން: ނެޓްވަރކް މެނޭޖްމަންޓް |
އަސާސީ މުސާރަ |
7,875.00 ރުފިޔާ |
|
މިމަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: 3,937.50 ރުފިޔާ (އަސާސީ މުސާރައިގެ %50) - ސަރވިސް އެލަވަންސް: 2,000.00 ރުފިޔާ - ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ |
|
އަސާސީ ޝަރުޠު |
1- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، MS 3 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް |
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މެދުގައި ވީޑިއޯ ކޮންފަރެންސިންގ ޤާއިމްކޮށް ވީޑިއޯ ކޮންފަރެންސިންގގެ ވަސީލަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި ވީޑިއޯ ކޮންފަރެންސިންގ ސެޝަންތައް ރެކޯޑްކޮށް ކޯޓުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެގޮތް އިންތިޒާމްކޮށް އެކަމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތައް އެއްނިޒާމަކުން ގުޅާލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޙާއްސަ ޕްރޮޖެކްޓްގެ މަސައްކަތް މޮނިޓަރކޮށް، ބެލެހެއްޓުމާއި، ޕްރޮޖެކްޓްގެ ޕްރޮގްރެސް ޑީ.ޖޭ.އޭ ހިންގުމާ ޙަވާލުވެހުންނަވާ ފަރާތާ ހިއްސާކުރުން. - ޝަރުޢީދާއިރާއަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއިި ތަރައްގީކުރުން. - ޑިޕާޓްމަންޓްގެ ސަރވަރތަކާއި ޕްރޮކްސީތައް މެއިންޓެއިންކޮށް ބެލެހެއްޓުން. - ޑިޕާޓްމަންޓްގައި ބޭނުންކުރާ ސަރވަރތައް އަޕްޑޭޓްކުރުން. - ޝަރުޢީދާއިރާގެ ސަރވަރތަކާއި އިންފޮމޭޝަން ސިސްޓަމްތަކުގެ ބެކަޕް ނެގޭނެ އިންތިޒާމް ހަމަޖައްސާ އައި.ސީ.ޓީ ޕޮލިސީއާއެއްގޮތަށް ތަންފީޒުކުރުން. - ސަރވަރތަކުގެ ޕްރޮސީޖާރ ތައްޔާރުކޮށް ބެލެހެއްޓުން، އެއްވެސް ކޮންފިގަރޭޝަނަކަށް ބަދަލު އަތުވެއްޖެނަމަ ޕްރޮސީޖަރ އަޕްޑޭޓްކުރުން. - ޝަރުޢީދާއިރާއަށް ބޭނުންވާ ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންތައް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް، ހުންނަންޖެހޭ މިންގަނޑުތަކަށް ފެތޭތޯ ބަލައި ޗެކްކުރުން. - ސޮފްޓްވެއަރ ތަރައްޤީ ކުރަމުންދާ ކޮންމެ ފޭސްއެއްގައި ހިމެނޭ މަސައްކަތްތަކާއި، އޭގައި ހިމެނޭ މޮޑިއުލްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ޓެސްޓުކޮށް ބެލުން. - ޝަރުޢީދާއިރާގެ ޑޭޓާ ބެކަޕް އެންޑް ރިކަވަރީ ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުން. - ޝަރުޢީދާއިރާއަށް ގަންނަންބޭނުންވާ ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި ޝަރުޢީދާއިރާއިން ބޭނުންވާކަހަލަ ތަކެތި ގަތުމުގައި ތަކެއްޗާއި ބެހޭ މައުލޫމާތު ފައިނޭންސް/ ޕްރޮކިއުމެންޓާއި ހިއްސާކުރުމުގެ އިތުރުން އިންސްޓޯލްކުރުން. - ޝަރުޢީދާއިރާގެ ވެބްސައިޓްތައް ޑިޒައިންކުރުމާއި، ވެބްސައިޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން. - ވެބްސައިޓްގެ ވަލްނަރަބިލިޓީ ޓެސްޓް ކޮންމެ 3 މަހުން އެއްފަހަރު ހަދައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން. - ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރ ފަދަ ތަކެތި އިންސްޓޯލްކުރުމާއި ޓްރަބަލް ޝޫޓްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުން. - މެޖިސްޓްރޭޓް ކޯޓުތަކުން ޑިޕާޓްމަންޓަށް މަރާމާތުކުރުމަށް ފޮނުވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރއާއި ފޯނު ފަދަ ތަކެތި ޕްރޮކިއުމަންޓް ސެކްޝަނުން މަރާމާތުކުރުމަށް ޙަވާލުކުރުމުން މަރާމާތުކޮށް ނިންމުމަށްފަހު ޕްރޮކިއުމަންޓް ސެކްޝަނާ ޙަވާލުކުރުން. - މެޖިސްޓްރޭޓް ކޯޓުތަކުން އައި.ޓީއާ ބެހޭގޮތުން ހުށަހެޅޭ އެކިއެކި ކަންތައްތައް ބަލައި ހައްލުކުރުން. - ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ރަސްމީ އީ-މެއިލް އެޑްރެސްތައް ކްރިއޭޓްކޮށް އީ-މެއިލް ސެންޑް ކުރުމާއި ރިސީވް ކުރުމުގެ ކަންތައް ރަނގަޅަށް ހިނގާތޯ ބެލުން. - ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖް ކުރުން. - ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އެންމެހާ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރތަކާއި އެންޓިވައިރަސްއަޅައި ބެލެހެއްޓުން. - ސުޕީރިއަރ ކޯޓުތަކަށާއި މާލޭގައި ޤާއިމްކޮށްފައިވާ ކޯޓުތަކަށް ބޭނުންވާ އައި.ޓީ. ސަޕޯޓް ފޯރުކޮށް ދިނުން. - ޑިޕާޓްމަންޓާއި ޑިޕާޓްމަންޓުން ބަލަހައްޓާ އެންމެހާ ތަންތާނގެ ޑޯރ އެކްސެސް ސިސްޓަމްތައް ބެލެހެއްޓުމާއި، އެޓެންޑެންސް ސިސްޓަމްތައް ބެލެހެއްޓުން. - ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ކަނޑައެޅޭ ތަންތާނގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން. - އައިޓީއާބެހޭ އެންމެހާ ތަކެތީގެ އިންވެންޓްރީއާއި ސްޓޮކެއް ބެލެހެއްޓުން. - މެޖިސްޓްރޭޓް ކޯޓްތަކަށް ހޯދާދީފައިވާ އިންޓަރނެޓް މޮޑެމް ތަކުގެ ރަޖިސްޓްރީއެއް ބެލެހެއްޓުން. - އައިޓީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޑިޕާޓްމަންޓުގައި ޓްރޭނިންގތައް ހިންގުމާއި މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި ގައިޑަންސް ފޯރުކޮށްދިނުން. - މީގެ އިތުރުންވެސް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއިބެހޭ މަސައްކަތާއި އައިޓީއާގުޅޭ އެހެނިހެން މަސައްކަތްތައް ހިންގާ ބެލެހެއްޓުން. |
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
2018 އޮގަސްޓް 1 ވާ ބުދަ ދުވަހުގެ 14:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
ޑެޕިއުޓީ ޑިރެކްޓަރ (އައިޓީ) މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|