މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގައި މިހާރު ބޭނުން ކުރަމުންގެންދާ ބަދިގޭގެ ބިތްތަކުގައި ޖަހާފައިވާ މުށިތައް ނައްޓާ އަލުން މުށި ޖެހުމަށްފަހު، ބަދިގޭގައި ހަދާފައިވާ ކަބަޑުތަކުގައި ކުރަންހުރި މަރާމާތުތަކުގެ އިތުރުން އަތޮޅުގޭގެ 02 ކާގޭގައި ކަބަޑު ސެޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                     ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢްލާންގައި ބަޔާން ކުރެވިފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

06 އޮގަސްޓް 2018 ވާ ހޯމަދުވަހު ހެނދުނު 10.30

13 އޮގަސްޓް 2018 ވާ ހޯމަދުވަހު ހެނދުނު 10.30

                     އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ވަގުތުގެފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

11   ޛިލްޤައިދާ     1439

23   ޖުލައި       2018

 

                       މަބުރޫކް ނަޞީރު

           މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް

23 ޖުލައި 2018
ހޯދާ