އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ފުޓްސެލް ދަނޑު ހެދުމަށް ހަމަޖެހިފައިވާ ބިމުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، ފުޓްސެލް ދަނޑު ހެދުމަށް ހަމަޖެހިފައިވާ ބިމުގެ ވަށާފާރު ރާނާ ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން، ތިރީގައި އެވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

  

މަޢުލޫމާތު ސާފުކުރުމަށް

އަގު ހުށަހެޅުމަށް

2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 10:30

2018 އޯގަސްޓް 05 ވާ އާދީއްތަ ދުވަހުގެ 10:30

 

މި މަސައްކަތަށް އެދި ހުށަހަޅާ އަގު ފޯމުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަގު ހުށަހަޅާ ފޯމު މަޢުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތަކަށް، އެ ބައްދަލުވުމުގައި ދޫކުރެވޭނެއެވެ. އަގުހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަގުފޯމުތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަގުފޯމުތައް ބަލައި ނުގަންނާނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވަންވާނީ އެކަން އަންގައިދޭ ސިޓީއަކާއެކުއެވެ. 

23 ޖުލައި 2018
ހޯދާ