ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

 

              

ތާރީޚް: 23 ޖުލައި 2018                            ނަންބަރު: GS197/IUL/2018/014

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:                J-114542

ބޭނުންވާ އަދަދު:                01

ރޭންކް:                     ޖީ. އެސް 03

ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 1 

މުސާރަ :                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:               ކަނޑުހުޅުދޫ ސްކޫލް

ގިންތި:                     ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     އިދާރީ / ގއ ކަނޑުހުޅުދޫ ސްކޫލް ، ގއ ކަނޑުހުޅުދޫ

އިތުރު ޢިނާޔަތްތައް :

1.ސަޕޯރޓިންގ ކޯރ އެލަވަންސް 2 : -/700 ރ.

2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް : ވަޒިފާއާއި ގުޅޭ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާއިރު މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިނުވާ ލިޔުންތަކަށް ޕޮއިންޓް ނުދެވޭތީވެ، މަޤާމަށް ހުށަހަޅާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ސްކޫލްގެ ސްޓޮކް ބެލެހެއްޓުން (ސްކޫލުގެ އިދާރީ އަދި އެކަޑަމިކް މަސައްކަތަށް ގަނެގެން ގެނެވޭތަކެތި ޗެކްކޮށް ހަމައަށް ހުރިތޯ ބަލާ، ސްޓޮކް ފޮތުގައި ރެކޯޑްކޮށް، މުވައްޒަފުންނަށް އެތަކެތި ދޫކޮށް، ދުވަހުން ދުވަހަށް ސްޓޮކަށް އަންނަ ބަދަލު ސޮޓޮކް ބާކީ ގައި އަޕްޑޭޓްކުރުން.

2-   ދަރިވަރުންގެ އޮންލައިން ހާޒިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން

3-   ޔައުމިއްޔާ ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން

4-   މުވައްޒަފުންނަށް ފޮނުވަން ޖެހޭ ސަރކިއުލާތައް ފޮނުވާ ސަރކިއުލަރތަށް ފައިލްކުރުން.

5-   ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަށް ތައްޔާރުކުރުމާއި ދަރިވަރުންނާއި ބެލެނިވެރިންގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ފޮނުވަން ޖެހޭ ދަރިވަރުންގެ މައުލޫމާތު ފޮނުވުން.

6-   ލިބޭމެސެޖް ތަކާއި އެހެނިހެން ޑޮކިއުމަންޓް ތަށް އެންޓްރީކޮށް، ފޮނުވާ މެސެޖްތަކާއި ސިޓީތަކުގެ ރެފަރެންސް ފޮތް ބެލެހެއްޓުން

7-   އިދާރިގޮތުން ލިޔެކޔުންތައްބެލެހެއްޓުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހަދަންޖެހޭ ފޮތްތަކާއި ފައިލްތަށް ހަދާފަ ބެލެހެއްޓުން.

8-   ކޮންމެ އަހަރުވެސް ޓެކުސްޓް ފޮތްތަކާއި، ވައުވަރ ދޫކުރުމުގައި ބައިވެރިވުން

ދާއިރާ:

-          އެޑްމިނިސްޓްރޭޝަން

ޝަރުތު:                                                 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތަކާއި ކެޓަގަރީތަކުގެ އިންސައްތަ

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.            %40 (ސާލީސް އިންސައްތަ)

ށ. މަޤާމުގެ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (ދިހަ އިންސައްތަ)

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން (ހުނަރަށް).        %45 (ސާޅީސް ފަސް އިންސައްތަ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ.  އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 01 އޯގަސްޓް 2018  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ގއ ކަނޑުހުޅުދޫ ސްކޫލް އިދާރާއަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމުގެ އިންޓަވިއު، އޮންނާނީ 02 އޯގަސްޓް 2018 ން ފެށިގެން 16 އޯގަސްޓް 2018 އާ ދެމެދު ކަނޑުހުޅުދޫ ސްކޫލު އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އަދި ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް 02 އޮގަސްޓް 2018 އާއި 06 އޮގަސްޓް 2018 އާއި ދެމެދު އޮފީސް ބަންދުވުމުގެ ކުރިން އެންގޭނެއެވެ.

މިމަގާމަށް މީހަކު ޢައްޔަން ކުރެވޭނީ ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވެގެންނެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކަނޑުހުޅުދޫ ސްކޫލުގެ 7983078 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

23 ޖުލައި 2018  

10 ޒުލްޤައިދާ 1439

 

23 ޖުލައި 2018
ހޯދާ