މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

އިޢުލާން

ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

 

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯރޓް އޮތޯރިޓީން ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތައް މި އިދާރާއިން ލައިސަންސް ފޮތް ދޫކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވުމާއެކު، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ކަނޑު އުޅަނދުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހަޅަމުން ގެންދިއުން އެދެމެވެ.

 

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުމަށް އެދި ހުށަހަޅާ ((ML-1 ފޯމް، މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.                

                     

                 10 ޛުލްޤައިދާ 1439

                 23  ޖުލައި  2018

23 ޖުލައި 2018
ހޯދާ