ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ އިދާރާއަށް މަސައްކަތު މީހަކު ހޯދުން

ހއ ދިއްދޫ ކައުންސިލް އިދާރާއަށް ތިރީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ދާއިމީ މަސައްކަތު މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރ:

J-221248

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސްއެސް 1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ / ހއ. ދިއްދޫ

މުސާރައާއި އެލަވަންސްތައް:

އަސާސީ މުސާރަ:         

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް:     

މަހަކު -/1,000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: 

މަހަކު -/1,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުތުތައް:

 

  1. ލިޔަންކަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ).

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމް މި އިދާރާއިންނާއި ސިވިލް ސަރވިސްގެ ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވޭނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-     ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރި ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ ގޯތިތެރެއާއި ގޯއްޗާއި އިންވެފައިވާ މަގުތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުން.
  2. ކައުންސިލުގެ އިދާރާއަށްވާ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާގެ އެތެރެ ފޮޅާ ސާފުކުރުމާއި، އަދި ހުރިހާ ބިއްލޫރިތައް ފޮހެ ސާފުކުރުން.
  4. ކައުންސިލްގެ އިދާރާގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  5. ފަރުނީޗަރުތަކާއި، ކޮންޕިއުޓަރ ސިސްޓަމްތައް ސާފުކުރުން.
  6. ފަންކާ ސާފުކުރުމާއި، އަނދާ ބޮކިތައް ބަދަލުކުރުން.
  7. ކައުންސިލް އިދާރާއަށް ހާޟިރުކުރަންޖެހޭ ފަރާތްތަކާއި، އެކިއެކި ބައްދަލުވުންތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ކިޔުމާއި، ބައްދަލުވުމަށް ތަން ތައްޔާރުކުރުން.
  8. ޢާއްމު ކުރަންޖެހޭ ލިޔެކިޔުންތައް ނޯޓިސް ބޯޑްގައި ތަތްކުރުމާއި، އެކިއެކި ފަރާތްތަކަށް ކައުންސިލުން ރައްދުކުރަންޖެހޭ ލިޔުންތަކާއި ތަކެތި ހަވާލުކުރުން.
  9. ޢިމާރާތުގެ ފުރާޅާއި ދިޔަދޮވި އަދި ތާނގީތައް ސާފުކޮށް ފެން އެޅޭނޭގޮތްހަދައި، ފެންވެހުމުން ފެން ނެގުން.
  10. އޮފީސް ހުޅުވުމާއިއެކު ކުޑަ ދޮރުތައް ހުޅުވުމާއި، އޮފީސް ބަންދުވުމުގެ ކުރިން ހުރިހާ ކުޑަ ދޮރުތައް ލައްޕައި ތަންޑުއެޅުވުން.
  11. އޮފީހުގެ ބޭނުމަށް ގެންނަންޖެހޭ ތަކެތި ހަމަޖެހިފައިވާ އިންތިޒާމެއްގެ ދަށުން ގެނައުން.
  12. އޮފީހުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓެގަރީގެ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމް

25

21

26

މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެކްޓިކަލްސް

100

48

48

ޖުމުލަ

185

100

100

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

  • މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2018 އޮގަސްޓް 05 އާއި 2018 އޯގަސްޓް 19 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓް 2018 ގެ 14:00ގެ ކުރިން، ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާން ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާންގެ މުއްދަތު ހަމަވަންދެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ވެސް އެ ފޯމް ޑައުންލޯޑްކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  މިކައުންސިލް އިދާރާގެ ފޯނު ނަންބަރު: 6500019 އަށެވެ. އަދި އީމެއިލް ކުރާނީ ([email protected]) އަށެވެ.

 

 

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

23 ޖުލައި 2018
ހޯދާ