ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިލު ބަލައިގަތުމުގައި މި ކޯޕަރޭޝަނުން ބަލާ އުސޫލުތައް

އިޢުލާން

 

 

ނަންބަރ: WAMCO-FIN/IUL/2018/020

ބިލު ބަލައިގަތުމުގައި މި ކޯޕަރޭޝަނުން ބަލާ އުސޫލުތައް

މި ކޯޕަރޭޝަނަށް ހުށަހެޅޭ ބިލުތައް ބަލައިގަތުމުގައި ބަލާ އުސޫލުތައް ތިރީގައި މިވަނީއެވެ.

  • ކޯޕަރޭޝަންގެ ނަން ފުރިހަމައަށް ލިޔެފައިއޮތުން

(ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް / Waste Management Corporation Limited)

  • ދެފަރާތުގެ ޓިން ނަންބަރ ޖަހާފައިއޮތުން (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޓިން ނަންބަރ (TIN1061519GST501))
  • ފާއިތުވި މަހުގެ ތާރީހުގައި ބިލު ހުށަހަޅާ ނަމަ ހިނގަމުން ދާ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހެޅުން
  • ބިލާ ގުޅޭ އެގްރިމެންޓް ނުވަތަ ޕަރޗޭސް އޯޑަރގެ ކޮޕީ ބިލާއެކު ހުށަހެޅުން
  • އިތުރު ލިޔެކިޔުމެއް ވާނަމަ އެ ލިޔުމެއް ހުށަހެޅުއްވުން

ދެންނެވުނު އުސޫލާއި އެއްގޮތަށް ބިލު ހުށަހަޅާފައި ނުވާނަމަ، ބިލު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޛުލްޤައިދާ 1439 09

ޖުލައި 2018 22

 

22 ޖުލައި 2018
ހޯދާ