މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުންކުރާ އެކި ވެހިކަލްތައް މަރާމާތު ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގައި ބޭނުންކަރާ އެކި ވެހިކަލްތައް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 15:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑް ސެކިއުރިޓީ ފޯމް ފުރިހަމަ ކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 3004378 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ޖުލައި 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

22 ޖުލައި 2018
ހޯދާ