މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
vaguthee finace oficer hoodhumah

c      

 

 

                                    

މާލެ އަތޮޅު ގުޅީ ކައުންސިލްގެ އިދާރާ                Secretariat of the Gulhee Council

    ކ. ގުޅި /  ދިވެހިރާއްޖެ                                K.Gulhi, Republic of Maldives

 _________________________________________________________________                                         

ވަޒީފާގެ ފުރުސަތު

ނަންބަރ:   (IUL)336/336/2018/11

ތާރީޚް: 22.07.2018

 

މިއިދާރާއަށް 3 މަސްދުވަހުގެ މުއްދަތަށްވޭޖްއެމްޕޯއިމްނަޓްގެ ދަށުންމިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމްގެ ނަންބަރ

 

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާއަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ   /   ކ.ގުޅި

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުކައުންސިލަށް ބަލައިގަންނަ ފައިސާގެ ރަސީދު ދުވަހުން ދުވަހަށް ހަދާ ރަސީދުދޭންޖެހޭ ފަރާތްތަކަށް ވަގުތުން ޙަވާލުކުރުން.
  2. ސެކްޝަނުންފައިލް ކުރަންޖެހޭ ލިޔުންތައް ޤަވާޢިދުން ފައިލްކުރުން
  3. ރަށު ކައުންސިލުގެ މާލިއްޔަތަށް ލިބޭ އެންމެހައި ފައިސާމާލިއްޔަތު ޤަވާއިދުތަކާ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ބޭންކަށް ޖަމާކުރުން
  4. ބަޖެޓް ރިޕޯޓްތައް މުއްދަތަށް ނިންމުން
  5. މެސެޖު / ސިޓީފަދަ ތަކެތިލިޔުމާއި އެތަކެތި ފެކްސް ކުރުން.
  6. ސެކްސަންގެމަސައްކަތް ތަކުގައާއި، އޮފީހުގެ ބޭނުންތަކުގައި މާލެއަށާއި އަތޮޅުގެ ރަށްރަށަށްދިއުން.
  7. ފައިސާއާއިބެހޭ އެންމެހައި މައްސަލަތައް ލަސްނުކޮށްނިންމަމުން ގެންދިއުން
  8. ބަޖެޓާނުބެހޭ އެހެނިހެން ކަންކަމަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައްބެލެހެއްޓުން.
  9. ރަށުކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާތަކާބެހޭ ދުވަހުފޮތް ޤަވާޢިދުންބެލެހެއްޓުން.

10. ކައުންސިލަށް ލިބޭ އާމްދަނީ ރެކޯޑްތައް ބެލެހެއްޓުމާއިއެކުއެކަމާބެހޭ ރިޕޯޓްތައް ޤަވާޢިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށްފޮނުވުން.

11. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުން

12. ބަލައިގަންނަފައިސާތިޖޫރީ ޙަވާލުވެ ހުންނަވާ ފަރާތަކާއިޤަވާއިދުން ހަވާލްކުރަމުންގެންދިއުން.

13. ރަށު ކައުންސިލްއަށް ލިބޭ އާމްދަނީއާއި، އެކިއެކި ގޮތްގޮތުންލިބޭ އެހީއާއި، ނަގާ ލޯނުން ލިބޭ އާމްދަނީ ރިޕޯޓެއް ކޮންމެ އަހަރެއް ނިމުމުންތައްޔާރުކުރުން

މަގާމުގެ ޝަރުތުތައް:

 

1-މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން(ފައިނޭންސް އެންޑް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު މަގާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އަދި އޭގެ އިތުރުން ސެކަންޑަރީ ސްކޫލްސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑްލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބަސައިޓުން އަދި މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރި ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ

(ހ)ދައުލަތުގެމުވައްސަސާއެއްގައިނުވަތަސަރުކާރުގެހިއްސާވާކުންފުންޏެއްގައިވަޒީފާއަދާކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައިވަޒީފާއަދާކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ،ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު %49

މަސައްކަތު ތަޖުރިބާ %8

މަސައްކަތުގެ ހުނަރާއި ފެންވަރު ޤާބިލްކަން %43

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއޮންނާނީ 2018 އޮގަސްޓް 27 ން 30 އާ ދެމެދު ، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640068 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected])) އަށެވެ.

 

09 ޛުލްޤަޢިދާ 1439

22 ޖުލައި   2018

 

22 ޖުލައި 2018
ހޯދާ