މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ

`

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

 ރ. އިންނަމާދޫ، ދިވެހިރާއްޖެ

           

 

 (IUL)307/INDIV/2018/31 ނަންބަރު:

އިޢުލާން

 

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ 

މަޤާމް:

J-286142

މަޤާމުގެ ނަންބަރު:

1 ( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް  އޮފިސަރ ގުރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

700.00 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލެވަންސް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމަޟާންމަހުގެ ޚާއްސަ އިނާޔަތުގެ ފައިސާފަދަސިވިލް ސަރވިސް ޤަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

އިތުރު ޢިނާޔަތްތައް:

  1. ކައުންސިލަށް އާމްދަނީ ހޯދުމުގެ ގޮތުން ކުރުމަށް ކައުންސިލުން ނިންމާ ކަންކަމާ ގުޅިގެން އެކިފަރާތްތަކަށް ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، އެފަދަ ކަންކަމާ ގުޅިގެން ހަދަންޖެހޭ އެއްބަސްވުންތަކާއި، ފޮނުވަންޖެހޭ މަޢުލޫމާތާއި ޖަވާބުތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯރޑް ބެލެހެއްޓުން.

2. އިޤްތިސާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާހޯދުމާއި އަދި މިފަދަތަކެތި ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތިން އެހެންފަރާތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ ކުރަންޖެހޭ ކަންތައްތައްކުރުން.

  1. ރަށުގެ ތަރައްގީއަށްޓަކައި ހިންގޭ އެކިއެކި ޕްރޮޖެކްޓް ތަކުގެ ރެކޯޑް ބެލެހެއްޓުމާއި ތަރައްގީގެ ޕްރޮޖެކްޓް ތަކާއި ގުޅޭ މަސައްކަތްތައް  މޮނިޓަރކޮށް ބެލެހެއްޓުން.
  2. ކައުންސިލްގެ ނަމުގައި ލޯނުނެގުމާއި، މޯގޭޖްކުރުމާއި ރަހުނު ކުރުމާއި، ރަހުނު ބާޠިލް ކުރުމާގުޅޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން.
  3. މުނިސިޕަލް ބޮންޑާއި، ބިލާއި، މުނިސިޕަލް ސެކިޔުރިޓީފަދަ އެކިއެކި މާލީ ސެކިޔުރިޓީތައް އެކަށަ އެޅިފައިވާ ގޮތުގެ މަތީން، އެފަދަ ސެކިޔުރިޓީތައް ވިއްކުމާބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ރެކޯޑްތައް ބެލެހެއްޓުން.
  4. އެކިއެކި ފަންޑުތައް ޤާއިމު ކުރުމާއި ބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި ރެކޯރޑް ބެލެހެއްޓުން.
  5. ވިޔަފާރި ކުރުމާބެހޭ ހުއްދަތައް ދިނުމާއި ރެކޯޑްތައް ބެލެހެއްޓުން.
  6.  ހޮވާތަކެއްޗާއި ލައްގާ ތަކެތީގެ މަސައްކަތް ކުރުން.
  7.  ނީލަންކިޔަންޖެހޭ ތަކެތި، ނީލަންކިޔުމުގެ ކަންތައްތައް ހަމަޖެއްސުމާއި، އެފަދަ ތަކެތީގެ ރެކޯޑްތައް ބެލެހެއްޓުން.
  8.  މަސްވެރިކަމާއި ދަނޑުވެރިކަމާގުޅޭ މަސައްކަތްތައް ކުރުމާއި، ރެކޯރޑްތައް ބެލެހެއްޓުން.
  9. ރަށު ތަރައްގީ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  10. އަހަރީ ރިޕޯޓާއި 6 މަސްދުވަހުގެ ރިޕޯޓް ހެދުމުގެ މަސައްކަތް ކުރުން.
  11. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ބަނދަރާއި ރަށްވެހިގެ ބެލެހެއްޓުން.
  12. މީގެ އިތުރުން ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ، ވަޒީފާގެ ޙައިޘިއްޔަތުން ކުރުމަށް އަންގާ ކަންކަން ކުރުން.
  13. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން

2-     ލިބިލައްވާފައިވާ މަސައްކަތުގެ ތަޖްރިބާ

3-     މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި ބޭނުންވާ ސިފަތައް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 އޮގަސްޓް 2018 އާއި 19 އޮގަސްޓް 2018 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.

 

އިންޓަވިއު ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ      [email protected], [email protected]  އަށެވެ.

 

     

           09 ޛުލްގައިދާ 1439

           22  ޖުލައި  2018

 

 

 

 

               

22 ޖުލައި 2018
ހޯދާ