ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                              

މަޤާމު: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މުސާރަ:

މަހަކު -/7500 ރުފިޔާ

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

އޭ.އެސް 3

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް - 83.33/ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ (2) ދޭއް އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. މުވައްޒަފުންގެ ޓްރެއިނިންގް ކަންކަމުގައި އެހީތެރިވުން.
  3. ޕީ.އެސް.އެމްއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ ކަންކަމުގައި އެހީތެރިވުން.
  4. މުވައްޒަފުންގެ ރިކްރިއޭޝަންގެކަންކަން ރާވައި ހިންގުމަށްބޭނުންވާ އިންތިޒާމްތައް އަންގަވާ ގޮތެއްގެމަތިން ހަމަޖެއްސުން.
  5. މުވައްޒަފުންގެ ޕާފޯމެންސް އިވެލުއޭޝަންގެ ކަންކަމުގައި އެހީތެރިވުން.
  6. މުވައްޒަފުންގެ ބޭނުންތަކަށް ކުންފުނިން ދޫކުރަންޖެހޭ އެކިކަހަލަ ލިޔުންތައް ތައްޔާރުކޮށް ދޫކުރުމާއި މިލިއުންތައް ޕަރސަނަލް ފައިލްގައި ފައިލްކުރުން.
  7. މުވައްޒަފުންނާބެހޭ ސިޔާސަތުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  8. ކޮންމެމަހެއްގަވެސް، އެމަހެއްގެ ކުރެވުނު މަސަތްކަތާއި ގުޅޭ ރިޕޯރޓް ތައްޔާރުކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000284 އާއި ގުޅުއްވުން އެދެމެވެ.

                        08 ޒުލްޤައިދާ 1439

22 ޖުލައި 2018
ހޯދާ