އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު A)CA-2018/150) އިޢުލާނުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރާއްޖެއިންބޭރު ޤައުމުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާޤައުމާއި ތަން

ނަންބަރު: A)CA-2018/162)

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު A)CA-2018/150) އިޢުލާނުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރާއްޖެއިންބޭރު ޤައުމުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ޤައުމާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ޤައުމު/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

،Embassy of Maldives
،B-2,Anand Niketam
.New Delhi 110 021, India

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

އިންޑިއާ / ނިއުދިއްލީ - 1

W01.1.2

1

،Concorde Hotel, Studio 3
،100 Orchard Road
.Singapore 238840

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

ސިންގަޕޫރު - 1

W05.1.1

2

ރިޔާސީ އިންތިޚާބު 2018 ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޤައުމުތަކުގެ ތެރެއިން އެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނީ، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 200 (ދުއިސައްތަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ޤައުމެއްގައި 200 (ދުއިސައްތަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

06 ޛުލްޤައިދާ 1439

19 ޖުލައި 2018
ހޯދާ